ދެ ޖިންސަށް އިންސާނުން އުފައްދަވާ ތޮބީއީ ގޮތުންވެސް ސިފަތަށް ތަފާތު ކުރައްވައި ވާ އުސޫލުތަކާ ހިލާފަށް އިންޑިއާގައި ޖިންސު ބަދަލުކުރި މީހާ ވިހައިފިއެވެ.

ޓްރާންސްޖެންޑާ ނުވަތަ އުފެދުމުގައި ވަކި ޖިންސެއްގައި އުފަންވިޔަސް އުޅުމުގައި އެ ޖިންސަކާ ތަފާތުވުން ހުންނަ ޒަހަދު އޮޕަރޭޝަންތައް ކޮށް ތެރަޕީ ނަގައި އަދި ނަންވެސް ބަދަލުކޮށް ފިރިހެން ނަމެއް ކިޔައިގެން އުޅުނިކޮށް ވިހެއީ ކޮންކަހަލަ ކުއްޖެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. މި ޒަހަދުގެ ބައިވެރިއަކީ ޒިޔާ ޕަވަލް ނަމަކަށް ކިޔާ ޖިންސު ބަދަލު ކޮށްފައި ހުރި ފިރިހެނެކެވެ.

ޒިޔާ އަންހެން ވެގެން އުޅޭ އިރު، ޒަހަދު އުޅެނީ ފިރިހެންވެގެންނެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް އިންޑިއާގައި ޓްރާންސްޖެންޑާގެ ބޮޑު އާބާދީއެއް އޮންނަ އިރު، އެމީހުންނަށް މުހާތަބު ކޮށް އުޅެނީ "ހިޖުޅާ" އިން ކަމަށެވެ. އޭގެ މާނައަކީ އުޅުމުގައި ފިރިހެނަކަށްވެސް އަދި އަންހެނަކަށްވެސް ނުވުމެވެ.

މި ދެމީހުން ޖިންސު ބަދަލުކޮށް، ފިރިހެންވި އަންހެން މީހާ ބަނޑުބޮޑުވުމުން ނެގި ފޮޓޯތަކެއްގެ ވާހަކަ ބައިނަލްއަގުވާމީ މީޑިއާއަށް އެރުމާއެކު ގިނަބައެއްގެ ސަމާލުކަން ހުއްޓުނެވެ. ހަބަރުތައް ބުނާ ގޮތުން، މިއީ ޖިންސް ބަދަލުކޮށްގެން މިގޮތަށް ދަރިއަކު ލިބި އެ ކުއްޖާގެ މަންމަ އަކާއި ބައްޕައަކު ރަސްމީކޮށް ލިސްޓް ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ މީހުންގެ ތެރޭގައި މިގޮތަށް ކުއްޖަކު ވިހޭ ނަމަވެސް ރަސްމީ ގޮތުން ހަވާލުވާނެ ބައްޕައަކާއި މަންމައެއް ނުހުރެއެވެ.

އިންޑިއާއަކީ މައިގަނޑު 6 ދީނެއްގެ އިރުރުން ކުދިކުދި އެތައްހާސް ގަބޫކުކުރުންތަކެއް (އަމިއްލަ އަށް ގަބޫލުކުރާ ގޮތްތަކެއް) އޮންނަ ގައުމަކަށް ވާއިރު، އެކި ދީންތަކުގައި އާދަޔާހިލާފު ކިތަންމެ ކަމެއް ކުރެއެވެ. ނަމަވެސް އިސްލާމް ދީނުގައި ޖިންސު ބަދަލު ކުރުމަކީ ހަރާމް ކަމެކެވެ.

ހަބަރުތަކުން ބުނާގޮތުން އެމީހާ ވިހެއީއެވެ. ސީ ސެކްޝަނެއް ކަމަށް ބުނެފައެއް ނުވެއެވެ.