އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔަރުންގެ ސްޓޭޓަސް ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އަށް ލިބިއްޖެއެވެ.

އެމްޑަބްލިއުއެސްސީ އަށް އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔަރުންގެ ސްޓޭޓަސް ލިބުނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލެވަލާއި، ޓްރެއިނީ ޑިވެލޮޕްމަންޓްގެ ޕްލެޓިނަމް ލެވަލްގައެވެ

އެ ކުންފުނިން ބުނީ، އޭސީސީއޭގެ ދަރިވަރުންނާއި އެފިލިއޭޓުންނާއި މެންބަރުން ވަޒީފާތަކަށް ހޯދައި ތަމްރީނުކޮށް ބޭތިއްބުމުގައި އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްޓޭޓަސް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްޓޭޓަސް އަކީ ބެސްޓް ޕްރެކްޓިސް ކަށަވަރުކޮށް، ކުންފުންޏެއް ނުވަތަ އޯގަނައިޒޭޝަނެއްގެ ތެރޭގައި ހަރުދަނާ ތަމްރީނާއި ތަރައްގީގެ ޕްރޮގްރާމްތައް ބަލައިގަންނަ ސްޓޭޓަސްއެކެވެ.

މި ސްޓޭޓަސް އެމްޑަބްލިއުއެސްސީ އަށް ލިބުމުން، އެ ކުންފުނީގައި ވަޒީފާ އަދާކުރާ އޭސީސީއޭގެ މެންބަރުންނަށް އޭސީސީއޭގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ޝަރުތުތަކާއި ޓްރެއިނީ ޑިވެލޮޕްމަންޓްގެ ޝަރުތުތައް ފުރިހަމަވެގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ސްޓޭޓަސް މީގެ އަހަރެއް ކުރިން 2021 ގެ ފަހުކޮޅު މި ސްޓެޓަސް އެސްޓީއޯ އަށް ވަނީ ލިބިފައެވެ.