މިދިޔަ ސީޒަންގައި ރެކޯޑް 35 ވަނަ ލީގު ތަށި އުފުލާލި ރިއާލް މެޑްރިޑުން މި ސީޒަންގައި ވެސް ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުުގައި ފަހަތަށް ހިނގައްޖެއެވެ.

އެއީ ރޭ އަމިއްލަ ދަނޑުގައި ރިއާލް ސޮސިއަޑާޑްއާ ކުޅުނު މެޗު 0-0 އިން އެއްވަރު ވުމުންނެވެ.

ލީގު ތާވަލުގެ ތިން ވަނައިގައި އޮތް ސޮސިއަޑާޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ރިއާލްއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބުނެވެ. ހާއްސަކޮށް ބްރެޒިލްގެ ފޯވަޑް ވިނީސިއަސް ޖޫނިއާއަށް ތިން ފުރުސަތެއް ލިބުނު އިރު ސޮސިއަޑާޑްގެ ކީޕަރު ވަނީ މުހިންމު ސޭވްތަކެއް ވެސް ކޮށްފައެވެ.

މިމެޗުން އެއްވަރުވުމުން ރިއާލް މިވަނީ ތާވަލުގެ އެއްވަނައިގައި މި ވަގުތު އޮތް ބާސަލޯނާއާ ފަސް ޕޮއިންޓް ތިރިއަށް ވެއްޓިފައެވެ. އެއީ ހޮނިހިރު ދުވަހު ބާސާ ކުޅުނު މެޗުން އެޓީމު މޮޅުވުމުންނެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަން ރިއާލް މިވަގުތު ލީގުގެ ދެވަނައިގައި އޮތް ނަމަވެސް ތިން ވަނައިގައި އޮތް ސޮސިއަޑާޑްއާ އެޓީމާ ދެމެދު އޮތީ އެންމެ ތިން ޕޮއިންޓްގެ ތަފާތެވެ.

ސްޕެނިޝް ލަ ލީގާގެ ތާވާލުގެ 4 ވަނައިގައި އޮތީ އެތްލެޓިކޯ މެޑްރިޑެވެ.