މަޝްހޫރު ސެލެބްރިޓީ ކައިލީ ޖެނާ 25، ގެ ފިރިހެން ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް އާންމުކޮށް ދަރިފުޅަށް ކިޔާ ނަން ހާމަކޮށްފިއެވެ.

މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ކައިލީ ވިހޭއިރު އޭރު އެ ދަރިފުޅަށް ދިން ނަމަކީ ވުލްފްއެވެ. ކުއްޖާގެ ނަމަކަށް ވުލްފް އޭރު ކިއި އިރު މިދިޔަ މާޗު މަހު ކައިލީ ވަނީ ކުއްޖާ އަށް ވުލްފް ނުކިޔާނެ ކަމަށް ބުނެފައެވެ. އޭނާ ބުނީ އޭރު ކުއްޖާ އަށް ނަން ދިނީ އަވަސް އަރުވާލައިގެން ކަމަށާއި ބޭނުންވަނީ ޓްރެވިސް އަށާއި ކައިލީ އަށް ވެސް ރީތި ނަމެއް ކުއްޖާ އަށް ކިޔުމަށް ކަމަށެވެ. ކުއްޖާ އަށް އަހަރުވާން އުޅެނިކޮށް ކުއްޖާގެ ނަން އާންމުންނަށް ހާމަކޮށްފައި ވާއިރު ދަރިފުޅަށް ކިޔަނީ އެއާ ވެބްސްޓާއެވެ. ކައިލީގެ ދެވަނަ ދަރިފުޅު އެއާ އަށް އެއް އަހަރުވާން އުޅެނިކޮށް ކައިލީ ވަނީ އޭނާގެ ލޯބިވެރިޔާ މަޝްހޫރު ރެޕާ ޓްރެވިސް ސްކޮޓް އާ ރުޅިވެފައެވެ.

ކައިލީ އާއި އޭނާގެ ލޯބިވެރިޔާ ޓްރެވިސް ސްކޮޓް އެކުގައި އުޅުމަށްފަހު ރުޅިވިއިރު މިއީ ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ރުޅިވި ދެވަނަ ފަހަރެވެ. ރިޕޯޓްތައް ބުނާގޮތުގައި އާ އަހަރާއި ކްރިސްމަސްގެ ޗުއްޓީ ދެމީހުން އެކީގައި ހޭދަކުރުމަށް ނިންމާފައި ވަނިކޮށް ދެމީހުންގެ ދެމެދުގައި މައްސަލަޖެހިގެން ޗުއްޓީ ފާހަގަކޮށްފައި ވަނީ ދެ މީހުންވެސް ވަކިންނެވެ. އަދި އޭގެ ފަހުން ދެމީހުންގެ ގުޅުން ނިންމާލީ ކަމަށެވެ.

ޓްރެވިސް އާއި ކައިލީގެ ދެ ކުދިން ތިބޭއިރު ދޮށީ ދަރިފުޅު ސްޓޯމީ ވެބްސްޓާ އަށް ހަތަރު އަހަރެވެ.