ދާދި ފަހަކުން އުރީދޫއިން ތައާރަފްކުރި 5ޖީ ހޯމް ބްރޯޑްބޭންޑް، އެއަފައިބާ އަލަށް ނަގާ ކަސްޓަމަރުންނަށް ޑިވައިސްގެ އަގުުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން އެއް ފަށައިފިއެވެ.

5ޖީ އަކީ ރާއްޖޭގެ އިންޓަނެޓް ގެ ހިދުމަތަށް ގެނައި ބޮޑު އިންގިލާބަކަށް ވާއިރު އުރީދޫއިން އިތުރަށް ބުނީ އޭގެ ހައި ސްޕީޑް ގެ ސަބަބުން އިންޓަނެޓާ ކަނެކްޓް ކުރުމަށްޓަކައި ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަ ކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން ވެސް ގޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރާ ފަރާރްތަކަށް 12 މަހުގެ ކޮންޓްރެކްޓަކާ އެކު ޑިވައިސް ޕްލޭނެއް ވެސް ލިބިގެންދާނެ ކަމަށެވެ.

749 ރުފިޔާ އާއި 5999 ރުފިޔާއާ ދެމެދުގެ އަގުތަކެއް ކަނޑައަޅާފައިވާ ޕެކޭޖްތަކުގެ އިތުރުން ބޫސްޓާ ޕެކޭޖް ތަކެއް ވެސް ވަނީ ތައާރަފު ކޮށްފައެވެ.

މި ހިދުމަތުގެ ސަބަބުން ހަލުވި ކަނެކްޝަން ގެ އިތުރުން ލޯ ލޭޓަންސީގެ ސަބަބުން ނުކުޅެވޭ އެހެނަސް ޒުވާނުންގެ ތެރޭގައި މަގުބޫލު ވެފައިވާ އޮންލައިން ގޭމުތައް ކުޅުމުގައި ދަތި ކަމެއް ނޯންނާނެ ކަމަށާއި އަދި އޮންލައިން ކްލާސްތަކުގެ އިތުރުން ބޮޑެތި ފިލްމްތަކާއި އެކި އެކި ޓީވީ ޝޯތައް ކުޑަ ވަގުތުކޮޅަކުން ޑައުންލޯޑް ކޮށްގެން ބަލާލެވޭނެ ކަމަށް އުރީދޫއިން ބުނިއެވެ.

ޒަމާނަށް އައިސްފައިމިވާ ބޮޑެތި ބަދަލުތަކުގެ ސަބަބުން އިންޓަނެޓަކީ ޒަރޫރީ އެއް ބޭނުމަށް ވެފައިވާއިރު މި ހިދުމަތް އެންމެ ރަނގަޅުގޮތުގައި ފޯރުކޮށްދިނުމަށްޓަކައި އުރީދޫއިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުގެ މަތިން އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް ތައާރަފްކޮށްފައިވާ 5ޖީ ނެޓްވޯކް ވަނީ މާލެ، ވިލިމާލެ ހުޅުމާލެ ފޭސް 1 އަދި ހުޅުލެ ހިމެނޭހެން ގްރޭޓާ މާލެއަށް ފުޅާކޮށްފައެވެ.