އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެއްޖެއެވެ.

މިހާރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށް ދާ އެ ޖަލްސާގައި ސަރުކާރުގެ އިސްވެރިންނާއި ރައީސް ސޯލިހުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މަޖިލީސް މެންބަރުވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. އޭގެ އިތުރުން ކުންފުނިތަކުގެ އިސްވެރިންނާއި ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ހިމެނޭކަން ފާހަގަ ކުރެވެއެވެ.

މިހާރު ކުރިއަށް ގެންދާ އެ ޖަލްސާއަށް އަތޮޅު ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އައި ކަމުގެ މައުލޫމާތު ލިބިފައި ވާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވެސް އަތޮޅުތެރެއިން ވަނީ އައިސްފައެވެ.

މިހާރު އާޓިފިޝަލް ބީޗުގައި ބާއްވަމުން އަންނަ ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާ/ ފޮޓޯ: ކެމްޕެއިން ޖަލްސާ

މީގެ ކުރިން އެމްޑީޕީ ހަރުގޭގައި ރައީސް ސޯލިހް ކެމްޕެއިން ޖަލްސާގައި ގިނަ ބަޔަކު ނެތަސް މިރޭ އޮތީ އާޓިފިޝަލް ބީިޗް ފުރާލާފައެވެ.

މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވާއިރު ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރައީސް ސޯލިހު ވަނީ ރ، ބ، ނ، ޅ އަތޮޅާއި އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އަދި ދާދިފަހުން ހއ. ހދ. ށ. ގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފައެވެ. ރޭ ރައީސް ލ. އަތޮޅަށް ވަޑައިގެންފައި ވާއިރު މާދަމާ ހުވަދޫ އަތޮޅާއި ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.