އިންޑިއާގައި ޓީޗަރުންގެ ވަޒީފާގައި އުޅުނު ދެމަފިރިންނާއި ދެ ދަރިން އެމެރިކާއަށް ވައްދާނެ ކަމަށް ބުނެ ގެންގޮސް ކެނަޑާ ބޯޑަރުގައި ބޯ ފިނީގައި މަރާލި މައްސަލައިގައި އިންޑިއާއިން ދެމީހަކު ހައްޔަރު ކޮށްފިއެވެ.

ރަނގަޅު ދިރިއުޅުމެއް ލިބޭތޯ އިންޑީއާގެ ގުޖުރާތު ދޫކޮށް ޖަގްދީޝްގެ ދެމަފިރިންނާއި ދެކުދިން ދިޔައީ ކެނެޑާ ބޯޑަރު ހުރަސް ކޮށް އެމެރިކާއަށް ވަންނާށެވެ.

އެމީހުންނަށް ގުޖުރާތުން އެހީވި ދެ މީހަކު ގުރުޖާތު ފުލުހުން ހައްޔަރު ކޮށްފައި ވާ އިރު އެމެރިކާ އާއި ކެނެޑާގައި ތިބޭ 2 އެޖެންޓަކުވެސް ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އޮފިޝަލުން ބުނެއެވެ.

މި މައްސަލައިގައި ގުޖުރާތުން ހައްޔަރު ކުރި ދެމީހުންނަކީ އިންސާނީ ވަގުފާރީގައި އުޅޭ ޖިނާއީ މައްސަލަތަކުގެ ތުހުމަތުވެސް އޮތް ދެމީހުން ކަމަށްވެސް ގުޖުރާތު ފުލުހުން ވަނީ ބުނެފައެވެ.

ކެނެޑާއާއި އެމެރިކާ ގުޅޭ ކެނެޑާ ބޯޑަރުގައި ގަދަ ފިނީގައި އެ އާއިލާ މަރުވެ ދިޔުމުގެ އިހުމާލު އޮތް މީހުން ހޯދުމަށް 3 ގައުމު ގުޅިގެން މަސައްކަތް ކުރާ އިރު ކެނެޑާގެ އޮފިޝަލުންނާއި އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ، އެ އާއިލާއަށް ބޯޑަރުގައި އެހީތެރިކަން ފޯރުކޮށްދިން މީހަކީ، އެމެރިކާއަށް ވަގަށް ވަދެ، މީގެ ކުރިން ބޭންކް ފެޅުމާއި ވައްކަމާއި، އިންސާނީ ވަގުފާރީގެ ރެކޯޑް އޮންނަ ޕަޓޭލް ނަމަކަށް ކިޔާ ގްޖުރާތަށް ނިސްބަތްވާ މީހެއް ކަމަށެވެ.

އޭނާ، މީގެ ކުރިންވެސް ކެނެޑާ ބޯޑަރުން ވަގަށް އެމެރިކާ ތެރެއަށް މީހުން ވައްދާފައި ވާ ކަމަށާއި، އެއިން ކޮންމެ މީހަކަށް ބޮލަކަށް 11500 އެމެރިކާ ޑޮލަރު އޭނާ އަތުލާކަމަށް ވެސް ބުނެއެވެ. އަދި އޭނާ އެ މީހުން އެމެެރިކާއަށް ވައްދާ ޓެކްސީގައި ވޮޝިންޓަންގެ ސިއާޓަން ސަރަހައްދަށް ގެންގޮސް ބޯހިޔާވަހިކަން ހަމަޖައްސައި ދޭކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

އިންޑިއަން އެކްސްޕްރެސްގައި ރިޕޯޓު ކޮށްފައި ވާ ގޮތުން، ޖަގްދީސް 39އ އާއި އަންހެނުން ވައިޝާލީ 37އ އާއި އަންހެން ދަރިފުޅު ވިހާންގީ 11އ އާއި ފިރިހެން ދަރިފުޅު ދަރްމިކް 3އ މަރުވެފައި އޮއްވާ ފެނުނީ، މައިނަސް 30 ޑިގްރީގެ ބޯ ފިނީގެ ތެރެއިންނެވެ.

އެއިރު އެމީހުން ތިބީ އެމެރިކާއާއި ކެނެޑާ ގުޅޭ ބްރިޓިޝް ކޮލަމްބިއާ ބޯޑަރުގެ ކެނެޑާ ފަޅީގެ މަނިތޮބާ ސަރަހައްދުގައި ކަމަށްވެސް ބުނެއެވެ.