އިންޓަނެޓަކީ މިހާރު އާއްމު ދިރިއުޅުމުގައި ކޮންމެހެންވެސް މުހިންމު ޙިދުމަތެކެވެ. އެހެންނަމަވެސް އެކި މީހުން އިންޓަނެޓް ބޭނުން ކުރާވަރު ތަފާތެވެ. އެގޮތުން ބަލާއިރު އުރީދޫ ޕްރީޕެއިޑް ޕޯޓްފޯލިއޯ އަކީ މިހާރު މާކެޓްގައި ކޮންމެ ކަހަލަ ކަސްޓަމަރަކަށް ވެސް އެންމެ ފުރިހަމަ ޑޭޓާ ޕެކޭޖް ލިބޭނެ ޕްލޭންތަކެވެ.

އާޗާ 500 ގެ ޕްލޭން މެދުވެރިކޮށް މުޅި މަހަށް ބަހާލައިގެން ދުވާލަކު 2ޖީބީ، އެންމެ 500 ރުފިޔާއަށް ލިބޭއިރު، އާޗާ 600 އިން ދުވާލާކު 4ޖީބީ (600ރ އަށް) އަދި އާޗާ 750 މެދުވެރިކޮށް ދުވާލަކު 5ޖީބީ ޑޭޓާ (750ރ އަށް) ލިބިގެން ދެއެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންތަކުން ދުވާލަކަށް ލިބޭ ޑޭޓާ އަކީ އިންޓަނެޓް މެދުވެރިކޮށް ކޮންމެ ކަމެއް ކުރުމަށް ވެސް ބޭނުން ކުރެވޭން ޑޭޓާއެވެ. އެގޮތުން ކިޔެވުމަށް ބޭނުން ކުރާ ޕެލެޓްފޯމްތަކާއި، ނެޓްފްލިކްސް، ސޯޝަލް މީޑިއާ، އަދި އޭގެ އިތުރުން ގޭމް ކުޅުމުށާއި، ޑައުންލޯޑް ކުރުމަށް އަދި ސްޓްރީމް ކުރުމަށް ވެސް ބޭނުން ކުރެވޭނެއެވެ.

މީގެ އިތުރުން ގިނަފަހަރަށް ރީޗާޖް ކުރަން ބޭނުން ނުވާ ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން، އެއް ފަހަރު ރީޗާޖް ކޮށްލުމުން ދިގު މުއްދަތަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކުރެވިފައި ވާ އާޗާ ޕްރިޕެއިޑް ޕްލޭންތަކެއް ވެސް އުރީދޫ އާޗާ ޕްރިޕެއިޑް ޕޯޓްފޯލިއޯގައި 12 މަސް، 6 މަސް އަދި 3 މަހަށް ބަހާލެވިފައިވާ މި ޕްލޭންތަކުން ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

އާޗާ ޕްރިޕެއިޑް 3 މަހުގެ ޕްލޭން މެދުވެރިކޮށް 1100ރ އަށް ކޮންމެ މަހަކަށް ދުވާލަކު 2ޖީބީ ޑޭޓާ އާއި އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް ލިބިގެން ދެއެވެ. މީގެ އިތުރުން އާޗާ ޕްރިޕެއިޑް 6 މަހުގެ ޕްލޭން މެދުވެރިކޮށް 1500ރ އަށް ކޮންމެ މަހަކަށް ދުވާލަކު 3ޖީބީ ޑޭޓާ އިތުރުން އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް ލިބެއެވެ. އަދި އެހެން ނެޓްވޯކް ގެ ނަންބަރުތަކަށް 50 މިނެޓް ގެ އިތުރުން 100 ލޯކަލް އެސްއެމްއެސް ލިބެއެވެ.

އާޗާ ޕްރިޕއެޑް ޕޯޓްފޯލިއޯ އަކީ ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާ ގޮތައް އަދި އެއް ފަހަރު ރީޗާޖް ކޮށްގެން ދިގު މުއްދަތަށް ބޭނުން ކުރެވޭ ގޮތަށް ތައާރަފް ކުރެވުނު ފުރަތަމަ ޕްރީޕެއިޑް ޕްލޭންތަކެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓް ކޮށްލުމަށް އުރީދޫ އެޕަށް ޒިޔާރަތް ކޮށްލާށެވެ. އާ ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެގުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާޓްނާ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑާޑް ޕްރީޕެއިޑް ޕްލޭނެއް ގަތުމަށް ފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#929 އަށް ޑައަލް ކޮށްގެން އެކްޓިވޭޓް ކޮށްލެވޭނެއެވެ.