ހިނގަމުން މިދާ ފިނި މޫސުމުގައި މައްކާގައި ހުންނަ ހަރަމްފުޅަށް ސްނޯ ފައިބާ ކަމަށް ހީވާ ގޮތަށް ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވައިރަލްވެފައި ވާ އިރު، އެއީ އަސްލެއް ނޫން ކަމަށް ސައުދީގެ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.

އެތައް މިލިއަން ބަޔަކު ޝެއާކުރަމުން ދާ އެ ވީޑިއޯގައި ފެންނަނީ ހަރަމްފުޅަށް ސްނޯ ފައިބާތީއެވެ. އަދި ވާރޭ ވެހޭހެންވެސް ބައެއް ފަހަރު ހީވެއެވެ. ވީޑިއޯ އާއި ފޮޓޯ ޝެއާ ކުރާ ފަރާތްތަކުން ހަރަމްފުޅަށް ސްނޯ ފައިބަނީ ކަމަށާއި މިއީ ދުނިޔޭގެ ތާރީހުގައިވެސް މިކަން ހިނގާ ފުރަތަމަ ފަހަރުކަމަށް ބުނެ ލިޔެފައި ހުރެއެވެ. އެކި މީހުން އެކި ކެޕްޝަން ލިޔެ ވީޑިއޯ ޝެއާ ކުރަމުން ދާތީ، ހަރަމްފުޅަށް މޫސުމް ރަނގަޅު ކަމަށާއި ސްނޯ ފައިބާނެ ހާލަތެއް މޫސުމީ ގޮތުން ނެތްކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެހެން ސައިޓްތަކުގައި ހުންނަ ކޮންޓެންޓަށް "ދަ ޕްރެސް" އިން ޒިންމާއެއް ނުވާނެއެވެ.

މިކަން ސަމާލުކަމަށް އައީ، މުސްލިމުންގެ އެންމެ މުގައްދަސް މިސްކިތް އަދި ގިބްލަ ކަމުގައިވާ ކައުބަތުﷲ ގެފުޅަށާއި މުޅި ހަރަމްފުޅަށް ސްނޯ ފައިބާތީ ގިނަ ބަޔަކު އެކަމާ ހައިރާންވެ އެ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރުމަށް ސައުދީގެ އިދާރާތަކުގައި އަހަން ފެށުމުންނެވެ. ބެލެވޭ ގޮތުގައި އެ ވީޑިއޯ އެޑިޓްކޮށްފައި ވަނީ މޮބައިލް އެޕްލިކޭޝަނެއްގެ ފިލްޓަރެއް ބޭނުން ކޮށްގެންނެވެ.

އެހެން ސައިޓްތަކުގައި ހުންނަ ކޮންޓެންޓަށް "ދަ ޕްރެސް" އިން ޒިންމާއެއް ނުވާނެއެވެ. ޓްވިޓާ ޕޯސްޓް ބެލުމަށް މި ލިންކަށް ފިއްތާލާށެވެ.

މި ދުވަސްވަރަކީ މައްކާ، ޖިއްދާ ރާބިގް އަދި އަލްކާމިލް އަށް ވިއްސާރަ ދުވަސްވަރެކެވެ. ވައި ބާރުވެ، ކަނޑުގައި ބާނި އުފެދި ތުނިކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށް ބުނެފައެވެ. އަދި ސައުދީ އަރަބިއްޔާގެ އުތުރު ބިތުގެ ރަށްތަކަށް ސްނޯވެސް ފައިބާނެ ކަމަށާއި ނަމަވެސް މުގައްދަސް އެއްވެސް ބިމަކަށް ސްނޯ ނުފައިބާނެ ކަމަށް ބުނެފައި ވެއެވެ.

އެހެން ސައިޓްތަކުގައި ހުންނަ ކޮންޓެންޓަށް "ދަ ޕްރެސް" އިން ޒިންމާއެއް ނުވާނެއެވެ. ޓްވިޓާ ޕޯސްޓް ބެލުމަށް މި ލިންކަށް ފިއްތާލާށެވެ.

ސައުދީގައި ސްނޯ ފައިބާ ސަރަހައްދަކީ ތަބޫކު ފަރުބަދަތައް ހުންނަ ސަރަހައްދެވެ. އެ ފަރުބަދަ ތަކުގެ ބިމުން ފެށިގެން ގާތްގަނޑަކަށް 400 މީޓަރުގެ އުހަށް މިދިޔަ އަހަރުވެސް ސްނޯ ފޭބިއެވެ.