އޮސްޓްރޭލިއާގައި ތުއްތު 3 ކުދިންނާއެކު އެކުދިންގެ މައިންބަފައިން ދުއްވަމުން ދިޔަ ލޭންޑް ރޯވާ އެއް އެކްސިޑެންޓްވެ، މަންމަ އާއި ބައްޕަ މަރުވި ހާދިސާގައި ކާރުގައި ތާށިވި 1 މަހުގެ ކޮއްކޮ ސަލާމަތް ކުރީ އެކާރުގައި އިން އޭނާގެ 5 އަހަރުގެ ދައްތަކަމަށް ހަބަރުތަކުން ބުނެފިއެވެ.

އޮސްޓްރޭލިއާގެ ވެރިރަށާ 280 ކިލޯމީޓަރުގެ ދުރުގައި އޮންނަ ރަށެއްގައި ހިނގި މިހާދިސާގައި ލޭންޑްރޯވާގައި އާއިލާ އެއްކޮށް، އުމުރުން 24 އަަހަރުގެ މަންމަ އާއި 28 އަހަރުގެ ބައްޕަގެ އިތުރުން 5 އަހަރުގެ އަންހެން ދަރިފުޅާއި 2 އަަހަރުގެ އޭނާގެ ފިރިހެން ކޮއްކޮ އާއި 1 އަހަރުގެ ކޮއްކޮ ދިޔައީ އީސާއީންގެ ކްރިސްމަސް ފާހަގަ ކުރަން ތިމާގެ މީހެއްގެ ގެއަށް ދިޔުމަށެވެ.

ލޭންޑް ރޯވަ އެކްސިޑެންޓް ވެ، ފުރޮޅާލި ހާދިސާގައި މަންމަ އާއި ބައްޕަ މަރުވުމުން 3 ކުދިން ތިބީ އޭގެ ތެރޭގައ ތާށިވެފައެވެ. ހަބަރުތައް ބުނާ ގޮތުން އެކުދިން ސަލާމަތް ކުރީ އެހެން ތިބޭތާ 2 ދުވަސް ފަހުން ކަމަށާއި ސަލާމަތް ކުރި އިރު އެކުދިން ތިބީ ކާރުގެ ތެރޭގައި 30 ޑިގްރީ ސެލްސިއަސްގެ ހޫނު މިނުގައި ކަމަށެވެ.

އެ ކުދިން ސަލާމަތް ކުރަން ހަރަކާތްތެރި ވި ފަޔާ އެންޑް ރެސްކިއުގެ ޓީމުން ބުނީ، ލޭންޑް ރޯވާ އެކްސިޑެންޓް ވި ކަން އެނގުނީ، އެމީހުން ދަތުރު ކުރަމުން ދިޔަ ތިމާގެ މީހާގެ ގެއަށް ނުގޮސް ލަސްވުމުން އެމީހުން ފުލުހުންނަށް ރިޕޯޓު ކުރުމުން ބެލިބެލުމުން ކަމަށެވެ.

އެ މީހުންގެ ތިމާގެ މީހަކާ ހަވާލާދީ ނޫސްތަކުން ބުނީ، 1 އަހަރުގެ ކުއްޖާ ބައިންދާފައި އިން ގޮނޑީގެ ބެލްޓުގެ ބަކަލް ނައްޓާ ނުލިނަމަ މިއަދު 1 އަހަރުގެ ކުއްޖާ އެމީހުންނަށް ސަލާމަތުން ނުލިބުނީސް ކަމަށާއި 5 އަަހަރުގެ ކުއްޖާއަށް ކޮއްކޮގެ ފުރާނަ ސަލާމަތް ކޮށްދެވުނު ކަމުގެ އިހުސާސް ވާ ވަރުވާނީ ނުވަތަ އެނގޭވަރު ވާނީ އޭނާ ބޮޑުވުމުން ކަމަށެވެ.

އެކުދިން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީ މިހާރު އެ ކުދިންގެ މައިންބަފައިންގެ ތިމާގެ މީހުންނާ ހަވާލު ކޮށްފައި ވާކަމަށް ވެސް ހަބަރުތައް ބުނެއެވެ.

މިހާދިސާގައި ލޭންޑް ރޯވާ އެކްސިޑެންޓް ވާން ދިމާވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.