1.3 ބިލިއަންގެ އާބާދީއެއް އޮންނަ އިންޑިއާގައި އެތައްހާސް ދީނަކާއި ސަގާފަތްތަކެއް އޮންނަ އިރު އެގައުމުގެ އަންހެން ކުދިން ބޮޑު ކުރަނީ، ސީދާ ކައިވެއްޏަކަށް އަމާޒު ކޮށްގެނެވެ. އެއީ ސަފާގީ ގޮތުން އެކަން މިއަދާ ހިސާބަށް އައިސްފައި އޮތް ގޮތް ނަމަވެސް މިހާރު މުޅިން ތަފާތު ޓްރެންޑެއް ވަނީ ވައިގައި ހިފާފައެވެ.

ފޭސްބްކްގައި ހިންގާ "ސްޓޭޓަސް ސިންގަލް" ކޮމިއުނިޓީ ބޮޑުވެފައި ވާ އިރު އެއީ މުޅިންވެސް ސިންގަލް މޮމްސް ނުވަތަ ސިންގަލް އަންހެނުން ހިމެނޭ ކޮމިއުނިޓީއެކެވެ.

ރަށްފުށު ހިސާބުތަކާއި އަދި ތަރައްގީ ވެފައި ވާ ބައެއް ސިޓީ ތަކުގައިވެސް އާއިލާއެއްގައި އަންހެން ކުއްޖަކު ހުރި ނަމަ، އެ ކުއްޖާ ނުވަތަ އެމީހާގެ ކައިވެންޏާ ހުރެ އާއިލާގެ އެހެން ހުރިހާ ކަމެއް ގުރުބާން ކޮށްގެން ތިބޭ އެތައް މިލިއަން މީހުންނެއް މިހާރުވެސް އެބަތިއްބެވެ. އަންހެން ދަރި މީހަކާ އިންނަންދެން އޭނާގެ ދޮއްޓަށް ހުންނަ ބޭބެއަށްވެސް މީހަކާ ނީނދެ ހުންނަން ޖެހިފައިވާ އެތައް މިލިއަން ފިރިހެނުންނެއް ވެސް އެބަތިއްބެއެވެ.

ބައެއް ފަހަރު އަންހެން ދަރި ސިންގަލް ކޮށް ހުރުމުން އެއީ އާއިލާއަކަށް އުނދަގުލަކަށް ވެފައި ވާ ކިތަންމެ ހާލަތެއް އިންޑިއާގައި ފެންމަތި ވެއެވެ.

އަލަށް ވައިގާ ހިފަފުން އަންނަ ސިންގަލް ވްމަން ކޮމިއުނިޓީގައި މިހާރު ޓީޗަރުންނާއި، ލޯޔަރުންނާއި، ނަރުހުންނާއި ޑޮކްާޓަރުންނާއި ވިޔަފާރިވެރިންނާއި، އެކްޓަރުންނާއި ނޫސްވެރިންވެސް އެބަ ތިއްބެވެ.

ކުންދޫ

"އަހަރެމެނަކީ ހުވަފަތްވެފައި ތިބި ބަޔެކޭ ނުވަތަ ދިރިއުޅުން ރޫލިފައި ނުވަތަ ކައިވެއްޏެއް ނުކޮށް ތިބި ބަޔެކޭ ކިޔާ ކިޔުން ހުއްޓާލަން ހިނގާ، އޭގެ ބަދަލުގައި އަހަރެމެންނަކީ ސިންގަލް ބަޔެކޭ ފަހުރުވެރި ކަމާއެކު ބުނަން ހިނގާ" އެ ކޮމިއުނިޓީގެ ފައުންޑަަރު ސްރީމޮޔީ ޕިޔޫ ކުންދޫ ބުންޏެވެ.

އެ ކޮމިއުނިޓީގައި ހިމެނޭ ގިނަ އަންހެނުން ފާހަގަ ކުރާ ގޮތުގައި ސިންގަލް ވެ ތިބުމުން ލިބޭ ފުރުސަތުތައް މާ ގިނައެވެ. ވިޔަފާރިތަކާއި ވިޔަފާރިވެރިންގެ ފަރާތުން ލިބޭ ފުރުސަތުތަކާއި އެމީހުން ބަލައިގަންނަ މިންވަރުވެސް އިތުރުވެގެން ދެއެވެ.

އިންޑިއާގެ ބޮލީބްޑަކީ ދިވެހިންގެ މެދުގައި ސަމާލުކަން ބޮޑު، އަދި ފިލްމުތަކާއި ސީރީޒްތަކުގައި އުޅޭ އެކިއެކި އެކްޓަރުން ވަކިވަކިން އެނގޭ ބަޔަކަށް ވެފައި ވާ އިރު، ދިވެހިންގެ ތެރެއަށްވެސް މި "ސިންގަލް" ނުފޫޒު ބޮޑަށް ވަދެފައި ވާ ކަން ފާހަގަ ކުރެވެއެވެ.

ކައިވެނި ކުރުމާ ދެކޮޅު ނުވަތަ ކައިވެނި ކުރަން ބޭނުން ނުވާ، އެތައް ސަތޭކަ ސިންގަން ވްމެން ރާއްޖޭގައި އުޅެއެވެ. އޭގެ ތެރޭގައި ސިންގަލް މޮމްސް ވަކި މަދެއް ނޫނެވެ. އަދި މިފަދަ މީހުންނަށް އެހީވާ ފިރިހެނުންނާއި އެމީހުންނަށް ވަގުތު ދީ، އެމީހުންނާއެކު މަޖާކޮށް ހަދާ ފިރިހެނުންވެސް އެހާ ގިނައެވެ.

ދެމީހެއްގެ ދެމެދުގައި ނުސީދާ ގުޅުމެއް އޮންނަކަން ރަމްޒުކޮށްދޭ ގްރެފިކްސް އެއް
"ޓެރެންޑެއް ނުވަތަ ސަގާފަތެއް ފެތުރޭން މިހާރު ނަގާނީ މަގު ވަގުތު ކޮޅެއް، ހުރިހާ އެއްޗެއް އެހުންނަނީ ފެންނަ ހިސާބުގައި، ޓީވީތަކުން، އިންޓަނެޓައި ޔޫޓިޔުބުން، އަދި ހަބަރުތަކުން، އެހެންވީމައި ދުނިޔޭގެ ކޮންމެ ތާކު ކޮންމެ ޓްރެންޑެއް ހިނގިޔަސް އޭގެ ނުފޫޒު ރާއްޖެއަށް އާދޭ، ޒުވާނުންނާއި ކުޑަކުދިންވެސް އެ ނޫފޫޒުގައި ޖެހޭ، ދެން ސިންގަލް މޮމްސް ވަކި ތަފާތެއް ނުވާނެ ނު"
ދިވެހި ސޯޝަލްވޯކަރެއް

އިންޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ މީހަކާ އިނދެގެން އުޅުނަސް ނޫޅުނަސް ކޮންމެ އަންހެނަކަށް ވެސް އެބޯޝަން ހެދުމުގެ ހުއްދަ ދީފައެވެ. މިއާއެކު އާއިލާތައް ބިނާކުރަން ނުވަތަ އަހުލާގީ ރީތި ސަގާފަތްތައް ދަމަހައްޓަން ތަރުހީބުދޭ ގިނަ ބަޔެއްގެ މެދުގައި ނުތަނަވަސްކަން އުފުދުނު އިރު ސިންގަލްކޮށް ތިބުމަށާއި އެބޯޝަން ހެދުމަށް ތާއީދު ކުރާ މީހުންނަށް އެއީ ބޮޑު އުފަލަކަށް ވިއެވެ.

"ސިންގަލްކޮށް ތިބޭ ބަޔަކަށް އެބޯޝަނެއް ނުހެދޭނެ ދޯ ޖާއިޒު ގުޅުމެއްގެ ތެރެއިންނެއް، އެހެން ވިއްޔާ އެއީ އިންސާނީ ތޮބީއަތާވެސް ފުށޫ އަރާ ކަމެއް ނު"
އިސްލާމް މުދައްރިސެއް

އިސްލާމް ދީނުގައިވެސް އެބޯޝަން ހުއްދަވާ ހާލަތްތަކަކާއި މުހުލަތެއް އޮވެއެވެ. އޭގެ ބޭރުން އެއީ ހުއްދަ ކަމެއް ނޫނެވެ.

ރާއްޖެއަކީ މުސްލިމް ގައުމަކަށް ވާއިރު ސިންގަލް ކޮށް ތިއްބަސް އަދި ޑަބަލް ކޮށް ތިއްބަސް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި އޮންނަ ގޮތަށް އެކަން ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެއެވެ. ރާއްޖޭގައި އެބޯޝަން ހަދާ އަދަދުތައް ސާފު ނުވިޔަސް، މާބަނޑުވެ ދިމާވާ ތަފާތު ކޮންޕްލިކޭޝަންސް ތަކާ ހުރެ އެބޯޝަން ހަދަން ޖެހޭ އަދަދު ގިނަ ކަމަށް ހޮސްޕިޓަލްތަކުން ސާފުވެފައި ވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން 2011 ގައި އިންޑިއާގައި 71.4 މިލިއަން ސިންގަލް ވްމެން ނުވަތަ އަންހެނުން ތިއްބެއެވެ. މިއީ އިނގިރޭސި ވިލާތް ނުވަތަ ފްރާންސްގެ މުޅި އާބާދީއަށް ވުރެ ބޮޑު އަދަދެކެވެ. މިއީ 2001 އާ އަޅާ ބަލާއިރު 39 ޕަސެންޓްގެ އިތުރުވުމެއް ކަމަށްވެސް ހިސާބުތަކުން ދައްކައެވެ.

"މިހާރު އިންޑިއާގައި 100 މިލިއަން ސިންގަލް ވްމެން ތިބޭނެ ކަމަށް އަހަރެމެނަށް އަންދާޒާ ކުރެވޭ"
ކުންދޫ

އިންޑިއާގައި ސިންގަލް ވްމެން އިތުރުވާ ތަފާތު ސަބަބުތައް ގިނައެވެ. އޭގެ ތެރޭގައި އެގައުމުގައި އޮންނަ ސަގާފަތުގެ ތެރެއިން، އަންހެން ދަރި އިންނާނެ ފިރިހެނަކު ހޯދުން އާއިލާތަކުން ކުރާއިރު އަންހެން ދަރީގެ އުމުރު ދޮށީވެގެން ދާއިރުވެސް މީހަކު ނުވުމާއި، އާއިލާއިން އިހުތިޔާރު ކުރާ ފިރިހެން މީހާ ކަމުނުގޮސްގެން އަންހެން މީހާ ނުރުހުމާއި މީހަކާ ނީނދެ ހުންނަން އަމިއްލައަށް ނިންމުމާއި އިނދެ ވަރިކުރަން ޖެހުން ފަދަ ކަންކަން ހިމެނެއެވެ.

އަންހެނަކު އޭނާގެ 2 ދަރިން ގޮވައިގެން - ހެޔޮ ތަރުބިއްޔަތު ދިނުމަކީ މުހިންމު ކަމެއް / ފޮޓޯ: ޔުނިސެޕް

ރާއްޖޭގައި ވެސް ހުރީ މިއާ އެއްގޮތް ކަންތައްތަކެއް ނަމަވެސް، ރާއްޖޭގައި ސިންގަލް ވާ އެންމެ ބޮޑު ސަބަބަކީ ކައިވެނިތައް ރޫޅުމެވެ. އާއިލާއާ ބެހޭ ކޯޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކައިވެނި ކުރާ ވަރަށް ވަރިވެސް ކުރެއެވެ. މީހަކާ އިނދެގެން އުޅޭ އިރު "ވަގު ބިޓުން ގެންގުޅުމާއި"، ވަގު ބިޓެއް ނުގެންގުޅުނަސް ޝައްކާއި ވަހުމާއި، އެކަކު އަނެކަކަށް ތުހުމަތު ކޮށް ބޭވަފާތެރި ވުން ފަދަ ކިތަންމެ ކަމަކުން އެ ނަންބަރު މަތިވެއެވެ.

ރާއްޖޭގައި ސިންގަލް ޕޭރަންޓް އެލަވަންސް ހޯދަން ރަޖިސްޓްރީ ކުރި އަދަދު ތަކަށް ބަލާއިރު މި ސިންގަލް ޓްރެންޑް އަހަރުން އަހަރަށް އިތުރުވާތަން ފެނެއެވެ. އެގޮތުން 2020 ވަނަ އަހަރު 2905 މީހަކު ރަޖިސްޓްރީ ކުރި އިރު 2021 ވަނަ އަހަރު 3067 މީހަކު ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އޭގެ ތެރޭގައި އަންހެނުންގެ އަދަދު މާ ބޮޑުތަނުންވެސް މައްޗެވެ. 2020 ގައި 2851 އަންހެނަކު ތިބި އިރު 2021 ގައި އެ އަދަދު ވަނީ 3030 އަށް އަރާފައެވެ.

އަންހެނުންނާއި ފިރިހެނުންގެ އަދަދުގެ ބޮޑު ތަފާތުން ފެންނަ މަންޒަރަށް ބަލާއިރު އިންޑިއާ އެކޭ އެއްގޮތަށް މި ސިންގަލް ޓްރެންޑް ރާއްޖޭގައި ފުޅާވަމުން ދާ ގޮތް އެބަ ފެނެއެވެ. އަދި ސިންގަލް ވާ ކެޓަގަރީގެ އުމުރުފުރާ އިން ބުނެދޭ ވާހަކަތައްވެސް ގިނައެވެ. އެގޮތުން 2021 ގައި ސިންގަލް މޮމްސް އެންމެ ގިނައީ އުމުރުން 25 އަހަރާއި 44 އަހަރާ ދެމެދުގައެވެ. 25 އަހަރާއި 34 އަހަރާ ދެމެދުގެ އުމުރުފުރާގައި 852 އަންހެނުން ސިންގަލް ވި އިރު، 35 އަހަރާއި 44 އަހަރާ ދެމެދުގެ އުމުރުފުރާގައި 1409 އަންހެނުން ސިންގަލް ވިއެވެ. މީގެ އިތުރުން 50 އިން މައްޗަށް ދިޔައިމާ ވެސް ސިންގަލް ވާ ތަން ތަފާސްހިސާބުން ފެންނަން އެބަހުއްޓެވެ. އެގޮތުން 45 އާއި 54 އަހަރާ ދެމެދުގެ އުމުރުފުރާއިން 59 އަންހެނަކު ސިންގަލް ވި އިރު، 55 އަހަރާއި 664 އަހަރާ ދެމެދުގެ އުމުރުފުރާއިން 87 އަންހެނަކު ސިންގަލް ވި ކަމަށް ދައްކައެވެ.

ސިންގަލް މޮމް އާއި ބަފައިން ރާއްޖޭގައި ތިބި މިންވަރު ފެންނަ ޓޭބަލެއް / ސޯސް: އެންސްޕާ

ސިންގަލް މޮމް ޓްރެންޑް ވަމުން އަންނަ އިރު، ސިންގަލް ވާން ދިމާވައި މައިގަނޑު ސަބަބުތައް ހޯދާ ފަރުވާ ދޭން ޖެހޭ ކަމަށް ގަބޫލު ކުރެވެއެވެ. އަދަދުތަކުން ބޮޑު މަންޒަރެއް ކުރަހާލާއިރު، ދަރިމައިވާ ނިސްބަތް ރާއްޖޭގައި ބޮޑުތަނުން ދައްވާކަން މިހާރު ވަނީ ފާހަގަ ވެފައެވެ. މާލެއާއި ރަށްފުށުގައިވެސް މި ކަން ފާހަގަވެ، އާބާދީ އިތުރު ކުރާން ހިތްވަރު ދީ ސިޔާސީ ބައެއް ފަރާތްތަކުން ވާހަކަ ދައްކާފައިވެސް އެބަހުއްޓެވެ.

އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދޭ އެސްޓީއޯގެ މެނޭޖިން ޑައިރެކްޓާ ހުސައިން އަމްރު ވިދާލުވަނީ ހެޔޮ ކޮށެވެ. އޭނާ ވިދާޅުވީ، ޅަދަރިމައި ވާ ވަރު އިތުރު ނުކުރާނަމަ، ރާއްޖޭގެ އާބާދީ މުސްކުޅިވެ އެ އާބާދީ މާ ބޮޑުވެދާނެ ކަމަށެވެ.

އަމްރު އެ ވިދާޅުވާ ފަދައިން ދުޅަހެޔޮ އިގްތިސޯދަކަށްވެސް ޒުވާން އާބާދީއެއް ބޭނުން ވެއެވެ. ބަލިތަކާއި ދުރު ސިއްހަތު ރަނގަޅު ދަރިން ބޭނުން ވެއެވެ.

ސިންގަލް ވާ އަދަދު ދަށް ނުކޮށް އެ މަގުސަދު ހާސިލުވާން ނެތް އިރު ރާއްޖެގައި ވެސް ޓްރެންޑް އަކަށް ވެފައިވާ މި ސިންގަލް މަދުކުރާން ހާއްސަ ކެމްޕެއިންތަކެއް ފަށަން ޖެހެއެވެ. ހާއްސަ ޕެކޭޖް ތަކާއި އޮފާތައް ތައާރަފް ކުރަން ޖެހެއެވެ. ޓްރެންޑަކަސް ހެޔޮ ނޫނިއްޔާ އެއީ ޓްރެންޑެއް ނޫނެވެ. ޓްރެންޑް ހެޔޮ ވާނީ އާއިލާތައް ބިނާ ކޮށް ގިނަ ގިނައިން ޅަދަރިމައިވެ ދުޅަހެޔޮ ޖީލެއް ބިނާ ކުރެވިގެންނެވެ.