އާންމުކޮށް ހުންނަ އޭޓީއެމް ތަކަކީ ކޭޝް ކާޑާއި ކްރެޑިޑް ކާޑު ބޭނުން ކޮށްގެން ފައިސާ ނަގަން ހުންނަ އެއްޗެއް ނަމަވެސް އިންޑިއާގައި އަލަށް ރަން ނުކުންނަ އޭޓީއެމް އެއް ބަހައްޓައިފިއެވެ.

އިންޑިއާގެ ހައިދްރައާބާދުގައި ބެހެއްޓި އޭޓީއެމް އިން ކޭޝް ކާޑާއި ކްރެޑިޓް ކާޑު ބޭނުން ކޮށްގެން 5 ކިލޯ އަށް ވާވަރަށް ރަން ލާރި ނެގޭނެއެވެ. 8 ޗޮއިސް އެއް ދީފައި ވާ އިރު 0.5 ގްރާމުން ފެށިގެން 100 ގްރާމާ ހަމައަށް ނަގަމުން ގޮސް 5 ކިލޯ ހަމަވާންދެން މި މެޝިނުން ރަން ލާރި ނެގޭނެއެވެ.

މި މެޝިން ބެހެއްޓި ގޯލްޑްސިއްކާ ކުންފުނިން ބުނީ، އޭޓީއެމްތަކުން ނުކުންނަ ރަން ލާލި އަކީ 24 ކެރެޓްގެ ރަން ރާލި ކަމަށެވެ. އަދި ރަނުގެ އަގު ހުންނާނީ ބާޒާރުގެ އަގުގައި ކަމަށާއި ރަން ހޯދަން ނުވަތަ ގަންނަން ދެން ރަން ފިހާރަތަކަށް ދާން ނުޖެހޭނެ ކަމަށެވެ.

މި މެޝިނުން 0.5 ގްރާމް، 1 ގްރާމް، 2 ގްރާމް، 5 ގްރާމް، 10 ގްރާމް، 20 ގްރާމް އަދި 50 ގްރާމާއި 100 ގްރާމުގެ ލާރި ނެގޭ އިރު ރިއަލްޓައިމްކޮށް ބާޒާރުގައި ރަނުގެ އަގު ހުންނަ މިންވަރުވެސް ފެންނަން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެކުންފުނިން މެޝިން ބެހެއްޓުމާއެކު 20 އަކަށް މީހުން ރަން ލާރި ނަގާފައި ވާ އިރު އެކަށީގެންވާ ތަރުހީބު އޮތް ކަމަށް ބުނެއެވެ.

މިހާރު އެ ކުންފުނިން މަސައްކަތް ކުރަނީ މި ބާވަތުގެ އިތުރު މެށިންތަކެއް ހައިދްރައާބާދު އެއާޕޯޓުގައި ބަހައްޓާ، ދަތުރު ކުރާ ފަތުރުވެރިންނާއި ފަސިންޖަރުންނަށް ރަން ނެގޭނެ ގޮތް ހެދުމަށެވެ.