ސިޓީ އުރައާއި ޕާރުސަލް ގޮތުގައި ތައްޔާރު ކޮށްފައި ޑިޕްލޮމޭޓުންނަށް އަމާޒު ކޮށް ޔޫރަޕްގައި ބޮންތަކެއް ދައުރުވާން ފަށައިފިއެވެ.

މީގެ 5 ބޮމެއް ސްޕެއިންގައި ހުންނަ ޔޫކްރައިން އެމްބަސީއަށް ފޮނުވި ކަމަށާއި ގޮވާ ގޮތަށް ހަދާފައި އޮތް އެ 5 ސިޓީ އުރައިގެ ތެރެއިން 1 އުރަ ކަނޑާލި އޮފިޝަލް، ބޮން ގޮވުމާއެކު ކުޑަކޮށް ޒަހަމްވި ކަމަށް ހަބަރުތައް ބުނެއެވެ.

އަދި ސްޕެއިންގެ ބޮޑުވަޒީރަށްވެސް މިފަދަ ސިޓީ އުރައެއް ހުސްވި ހަފްތާގައި ލިބިވަޑައިގެންނެވި ކަމަށް ޖީއެމްޓީގަޑިން މިއަދު މެންރުފަހު 2 ޖަހަނިކޮށް ރިޕޯޓުކޮށްފައި ވެއެވެ. ސްޕެއިންގެ އޮފިޝަލުން ބުނީ، ބޮޑުވަޒީރަށް ލިބިވަޑައިގެންނެވި ސިޓީ އުރައާއި އޭގެ ބާވަތް، ސްޕެއިންގައި ހުންނަ ޔޫކްރައިން އެމްބަސީއަށް ލިބުނު ސިޓީ އުރަތަކާއި ބާވަތާއި އެއްގޮތް ކަމަށެވެ. އަދި ސްޕެއިންގެ އެއާފޯސް ބޭސް އަަށާއި، ޑިފެންސް މިނިސްޓްރީ އަށާއި އަސްކަރީ ސާމާނު އުފައްދާ ކުންފުންޏަކަށް ލިބުނު ސިޓީތައްވެސް އެއްގތް ކަމަށެވެ.

ގޮވާ ޒާތުގެ ނުވަތަ އަމިއްލަ ޒާތުގައި ރޯވާ ޒާތުގެ މެޓީރިއަލް އަކުން ތައްޔާރު ކޮށް ބޮޑުވަޒީރަށް ފޮނުވި ސިޓީ އައީ ޕޯސްޓުން ކަމަށާއި އެހެން ތަންތަނަށް ދިޔަ ސިޓީތައްވެސް ގޮސްފައި ވަނީ އާންމު ޕޯސްޓުގެ ޒަރީއާއިން ކަމަށް އޮފިޝަލުން ބުނެއެވެ.

މި ހާދިސާގައި ޔޫކްރައިން އެމްބަސީ ހިމެނޭތީ، މިއީ ރަޝިއާއިން ކުރި ކަމެއް ކަމަށް ހުޅަނގުން ވަނީ ތުހުމަތު ކޮށްފައެވެ. ނަމަވެސް ސްޕެއިންގައި ހުންނަ ރަޝިއާގެ އެމްބަސީން އެކަން ދޮގުކޮށް ބުނީ، އެ ސިޓީތައް ރަޝިއާ އާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ޓެރަރިޒަމްގެ ހަރަކާތެއް ހިންގުމަށް ހިތްވަރު ނުދިނުމުގެ އިތުރުން އެ 5 ސިޓީގެ މައްސަލަ ކުށްވެރިވެސް ކުރާ ކަމަށެވެ.

މި މައްސަލާގައި ހުޅަނގާއި އެމެރިކާއިން އަދި މާ ފުޅާކޮށް އެވާހަކައެއް ނުދައްކައެވެ.

މީގެ ކުރިންވެސް މިބާވަތުގެ ސިޓީ އުރަތަކެއް، އެކި ގައުމުތަކުގެ ސަރުކާރުގެ އިދާރާތަކަށާއި، އިސްވެރިންގެ އިތުރުން އާންމު ބައެއް ތަންތަނަށް ފޮނުވިއެވެ. އެފަހަރު އެ ސިޓީއުރަތަކުގައި ހުރީ ބަލި ޖައްސާ ޖަރާސީމެއް ކަމުގައި ވާ އެންތްރެކްސް އެވެ. މިކަން ކުރީ އޭރު އެމެރިކާ ކަމަށް ކިއި ނަމަވެސް އެއްވެސް ބަޔަކު އެ ޒިންމާ އުފުލާފައެއް ނުވެއެވެ.