އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާގެ ކޮންމެ މެންބަރަކަށް ވޯލްޑްކަޕްގެ މެޗް އޮންނަ ވަގުތުތަކުގައި ދެ ކެފޭއަކުން ހިލޭ ކޮފީ ލިބޭނެ ކަމަށް އުރީދޫން ބުނެފިއެވެ.

ވޯލްޑް ކަޕްގެ މެޗްތައް ކުރިއަށް ދާ ވަގުތުތަކުގައި އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ މެންބަރުންނަށް ދެ ކެފޭއަކުން މެންބަޝިޕް ކާޑް ދައްކާލުމުން ހިލޭ ކޮފީ ލިބޭނެ ކަމަަށެވެ. އެއީ ހުޅުމާލޭގައި ހުންނަ ރިއޯ ބީޗް ކެފޭ އާއި މާލޭގައި ހުންނަ ސީހައުސްއެވެ. މި އޮފާ ކުރިއަށް ދާނީ ވޯލްޑްކަޕްގެ މެޗްތައް ނިމެން ދެން ކަމަށް އުރީދޫން ބުނެއެވެ.

ހިލޭ ކޮފީ ހޯދުމަށް އުރީދޫ ކްލަބް ޕްރިމިއާގެ ކޮންމެ ކާޑެއްވެސް ބޭނުން ކުރެވިދާނެއެވެ. އެ ގޮތުން ކްލަބް ޕްރިމިއާ ގޯލްޑް، ސިލްވާ އަދި ޕަލެޓިނަމް ކާޑު ބޭނުން ކޮށްގެން ހިލޭ ކޮފީ ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

https://www.facebook.com/riobeachcafe/posts/pfbid0RsqEeutjMwC6yyG5xLjjgh3oXM7cwJZSAgKtinCtwSJ6e6X92qGSqUktLaxo6YgPl

މި މަހުގެ 22 އިން ފެށިގެން ގަތަރަުގައި ކުރިއަށްދާ ވޯލްޑްކަޕަކީ ދިވެހިން ފޯރިއާ އެކު ބަލަމުން އަންނަ ކުޅިވަރެކެވެ. އަދި ކުޅިވަރު ބަލަން ރައްތެހިންނާއެކު ކެފޭ ރެސްޓޯރަންޓާއި އެކި ސަރަހއްދުތަކުގައި ހުންނަ ސްކްރީންތައް ކައިރިއަށް ވެސް ގިން ބަޔަކު ދަނީ އެއްވަމުންނެވެ. ހާއްސަކޮށް އުރީދޫން ރާއްޖޭގެ އެކި ސަރަހއްދުތަކުގައި ހަރުކޮށްފައިވާ ސްކްރީންތައް ކައިރިއަށް ވެސް ގިން ބަޔަކު މެޗްތައް ބަަލަން ދާ ކަން ފާހަގަކޮށްލެވެއެވެ.

މިއަދުން ފެށިގެން ވޯލްޑްކަޕްގެ މެޗްތައް ދައްކާނީ ދެ ވަގުތެއްގައެވެ. އެއީ ރާއްޖެ ގަޑިން 9:00 ގައި އާއި ދަންވަރު 12:00 ގައެވެ.

މިއިން ކޮންމެ ވަގުތެއްގައި ދެ މެޗެއް ކުރިއަށް ދާ ގޮތަށް ހަމަޖެހިފައިވާ އިރު، ފޭވަރިޓް ޓީމް ކުޅޭ މެޗްތައް ބަލާލައި ފްރީ ކޮފީއެއް ބަލައިގަތުމަށް އުރީދޫން ހުޅުވާލާފައިވާ މި ހާއްސަ އޮފާ ބޭނުންކޮށްލަމާ ހިނގާށެވެ.