ތ. ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެެ އަނދަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓުގައި އަލިފާން ރޯވެފައިވަނީ މިއަދު އިރުއޮއްސި 6:00 ހާއިރުއެވެ.

އެމްއެންޑީއެފް އިން ބުނީ، އެރަށު ފަޅު ތެރޭގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ކައްދޫ ފަޔާ ސްޓޭޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި މިހާރު ސިފައިން އެ އެރަށަށް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.