އުރީދޫއިން ހއ. އުތީމު ސިއްހީ މަރުކަޒަށް ހެލްތް ކިޓްތަކެއް ހަދިޔާކޮށްފިއެވެ.

އެ ކިޓް އުތީމު ސިއްހީ މަރުކަޒާ ހަވާލުކޮށްދެއްވީ އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީއެވެ.

އުރީދޫއިން ބުނީ ރާއްޖޭގައި ސިއްހަތާއި ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވެދީ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން އުތީމު ސިއްހީ މަރުކަޒާ ރަސްމީކޮށް ހެލްތު ކިޓްތައް ހަވާލުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އުރީދޫއިން އަންނަނީ ރައްޔިތުންގެ ލާބައާ މަންފާއަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.