އުރީދޫއިން ކުޅުދުފުށި ސިޓީ ކައުންސިލް އާއި ގުޅިގެން އުރީދޫ އެސްއެމްބީ މީޓްއަޕް-ނޯތު އެޑިޝަން އިއްޔެ ކުޅުދުއްފުށީގައި ބާއްވައިފިއެވެ.

އުރީދޫއިން ބުނީ އުރީދޫ އެސްއެމްބީ މީޓަޕްއަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން އެއްތަނަކުން ދިމާވެ ނެޓްވޯކް ކޮށް ހިޔާލު ބަދަލުކޮށް ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކޮށް އަދި ޕާޓްނާޝިޕް ތަކަށް ފުރުސަތު ހުޅުވައިލަދޭ ޕްލެޓްފޯމެެއް ކަމަށެވެ.

މި އަހަރުގެ ޖޫން މަހުގައި އުރީދޫއިން ފެށި އެ ފޯރަމް އެންމެ ފުރަތަމަ ބާއްވައިފައިވަނީ ބައިނަލްއަގުވާމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ދުވަހު ގްރޭޓާ މާލެއަށް އަމާޒުކޮށް މާލޭގައެވެ.

އެ ފޯރަމްގައި ވާހަކަދައްކަވަމުން އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫއިން ގަބޫލުކުރާ ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ މުޖުތަމައު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އަދި އިގްތިސާދުގެ ވަރަށް މުހިންމު ހިއްސާއެއްް ކަމަށެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ދެމެހެއްޓެނިވި ކުރިއެރުމަކަށް ޓަކައި ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް ވިޔަފާރިތައް ބާރުވެރިކުރުވުމަށް އުރީދޫއިން ކުރިއަށްގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މި ސަރަހައްދުގެ ވިޔަފާރިތަކަށް ގެނެވޭ ބަދަލުތަކުން ލިބޭ ކުރިއެރުމަކީ އުތުރުގެ ރައްތަކުގެ މުޖުތަމައުއާއި އިގްތިސޯދަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އުރީދޫ އިން ތައްޔާރުކޮށްފައިވާ ހާއްސަ ވެބްޕޭޖެއް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައެވެ.

އުރީދޫ ނެޓްވޯކް މެދުވެރިކޮށް ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދޭނެ ބައެއް ފައިދާތަކުގެ ތެރޭގައި

• މުޅި ރާއްޖެ ހިމެނޭހެން 4ޖީ ކަވަރޭޖް ލިބުން

• ވިޔަފާރިތަކަށް ހާއްސަ ޕެކޭޖްތައް މެދުވެރިކޮށް ކަނެކްޓިވިޓީ ސޮލިއުޝަން (ޕޯސްޓްޕެއިޑް ވޯކް ގްރޫޕް ޕްލޭން، ފައިބާ ސުޕަނެޓް ބްރޯޑްބޭންޑް، 5ޖީ އެއާފައިބާ، މޫލީ، އެމް-ފައިސާ)

• ގްރޭޓާ މާލޭގެ ބޮޑު ބައެއް ކަވަރުކުރާ 5ޖީ ނެޓްވޯކް

• ކުޅުދުއްފުށި، ސިންގަޕޫރު އަދި ޔޫރަޕާއި ގުޅާލާ ޕީސް ކޭބަލްއަށް އިންވެސްޓްކުރުން: ޕީސް ކޭބަލް އެޅުމާއެކު އުރީދޫ އިންޓަނެޓް ސްޕީޑާއި ލެޓެންސީ ބޮޑުތަނުން ރަނގަޅުވެ، ވިޔަފާރީގެ ހަރުދަނާކަން އިތުރުވެ، ޓެކްނޮލޮޖީގެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދިއުން

• ޓަޔަރ 3 ރެޑީ ޑޭޓާ ސެންޓަރުގައި ވިޔަފާރިތަކުގެ ސާވާ ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވިގެންދިއުން

އުރީދޫއިން ބުނީ ވީހާވެސް ގިނަ ވިޔަފާރިތަކަށް އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި އުރީދޫ އެސްއެމްބީ މީޓް އަޕްތައް މުޅި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.