އޮސްޓްރޭލިއަން އެއިޑްގެ އެހީތެރިކަމާ އެކު، ޔޫއެންޑީޕީ އާ ގުލިގެން އުރީދޫން ކުރިއަށް ގެންދިޔަ "މިޔަހެލި" ޕްރޮފްރާމް މިދިޔަ ހޯމަ ދުވަހު ނިންމާލައިފިއެވެ.

2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ މިޔަހެލި ޕްރޮގްރާމަކީ:

  • މުޖުތަމައަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ޒުވާނުން އަހުލުވެރިކުރުވުމަށް ބާއްވާ ޕްރޮގްރާމެއް
  • މިއަދުގެ މުޖުތަމައުގައި ހިނގާ އެކި ކަންކަމަށް ހުރި ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރާ ޕްރޮގްރާމެއް
  • މި އަހަރުގެ ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ "އިނޮވޭޝަން ފޯ ޕީޕަލް، ޕްލެނަޓް، އެންޑް ޕްރޮސްޕެރިޓީ،" މި މައުޟޫއަށް

150 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޒުވާނުންގެ 11 ޖަމިއްޔާ އަކުން ބައިވެރިވެފައިވެއެވެ. 12 އައިޑިއާ އެއް މިފަހަރުގެ މިހަހެލި ޕްރޮގްރާމްގައި ހުށަހެޅިއިރު، ޖަޖުންގެ ޕެނަލަކުން ވަނީ އޭގެ ތެރެއިން 3 އައިޑިއާ އެއް ހޮވައިފައެވެ. އެ ތިން އައިޑިއާ އަކީ:

  • 1 ވަނަ: އައިކަންސް އެސޯސިއޭޝަން
  • 2 ވަނަ: ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ
  • 3 ވަނަ: މޯލްޑިވްސް ކޮންސަވޭޝަން ސޮސައިޓީ

އުރީދޫން ބުނީ، ވަނަވަނަ އަށް ހޮވާފައިވާ އައިޑިއާތައް ހުށަހެޅި ޖަމިއްޔާތަކުން، އެ ޖަމިއްޔާތަކުގެ އައިޑިއާ ހުށަހަޅާނެ ފުރުސަތުތައް ހިލޭ އެހީގެ ދަށުން ދީ، އެ ފަރާތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.