އިމިގްރޭޝަން އޮފީހަށް އިންޑިއާ މީހަކު ހާޒިރުވުމަށް އަންގާ އިއުލާން ކޮށްފިއެވެ.

އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާފައި ވަނީ މާލޭގައި ދިރިއުޅޭ 27 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ސަނާވަސް ސުލްފިކާރްއެވެ.

އިމިގްރޭޝަނުން ކުރި އިއުލާނުގައި ވަނީ 5 ދުވަސް ތެރޭގައި ސަރުކާރު ބަންދުނޫން ވަގުތުތައް ކަމަށްވާ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އާ ދެމެދުގެ ވަގުތެއްގައި އިމިގްރޭޝަންގެ ރިސްކް މެނޭޖްމަންޓް ސެކްޝަނަށް ހާޒިރުވުމަށް އަންގާފައެވެ.

ސަނާވަސް ހާޒިރުވުމަށް އަންގާފައިވާ ސަބަބު ސާފުނުވި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހާޒިރުވުމަށް އަންގާފައި ވަނީ އިމިގްރޭޝަންގެ ގާނޫނާ ހިލާފު ވެގެންނެވެ.

މީގެ ކުރިންވެސް ތަފާތު އެކި މައްސަލަތަކުގައި ބިދޭސީން ހާޒިރުވުމަށާއި ހޯދުމަށް އަންގާ އިމިގްރޭޝަނުން ވަނީ އިއުލާނުތައްވެސް ކޮށްފައެވެ.