އުމުރުން 81 އަހަރު މީހަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ ހދ. ވައިކަރަދޫގައި 81 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 7 ޖަހާ ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އަންހެން މީހާ ދިރިއުޅޭ ގޭގައި އުޅެނީ އެ އަންހެން މީހާއެކު ފިރިހެން ދަރިއެއް ކަމަށާއި ޖިންސީ ފުރައްސާރަކޮށްފައިވަނީ އެ ރަށަށް އެރި ރަށުން ބޭރު މީހެކެވެ.