ބުދަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން 3 މީހަކު ގައުމަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ އެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން އިންޑިއާގެ 3 މީހަކު އާއިލާއަށް ހަވާލުކުރަން ގައުމަށް ފޮނުވާލައިފާ ވާ ކަމަށެވެ.

އެ ހާދިސާގައި 10 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ހަތަރު އަންހެނަކާއި ހަ ފިރިހެނެއްގެ ކަމަށެވެ. އެއީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން، އިންޑިއާގެ ފަސް ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ.

ފުލުހުން މިއަދު ބުނީ އެ ހާދިސާގައި މަރުވި އިތުރު މީހުންގެ ހަށިގަނޑު އެ މީހުންގެ އާއޮލާއާ ހަވާލުކުރުމަށް އެ ގައުމަށް ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

މަރުވި މީހުންގެ ތެރޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހުން ތިބިއިރު އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެމުން އައީ ގަވާއިދާ އެއްގޮތަށް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.