މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް 65 ބޭފުޅަކަށް އަދި ކީރިތި ޤުރްއާން ހިތުދަސްކޮށްގެން، 1 ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް 13 ބޭފުޅަކަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މި އިނާމުތައް ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.

ރައީސް އޮފީހުން ބުނީ، އިނާމުދޭނެ ފަރާތްތައް ކަނޑައަޅުއްވާނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ހާއްސަ އިނާމާބެހޭ ކޮމިޓީން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ 9 ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅަކަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ބޭފުޅަކަށާއި، އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ފަރާތަކަށް މެޑެލް ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސްގެ މެޑަލް ހޯއްދެވި ހާފިޒުން:

  • އަލްހާފިޒާ ފާތިމަތު ފައުޒިއްޔާ، އާވެލި، ސ. ހިތަދޫ
  • އަލްހާފިޒާ ޝިފާ ބިންތު އަބްދުﷲ ހަމީދު، މަތިމަރަދޫ. މާލަމް، ލ. ގަން
  • އަލްހާފިޒް ހޫދު މުހައްމަދު އަލީ، ދިގުވާނޑު. އަނޯވާ، ޏ. ފުވައްމުލައް
  • އަލްހާފިޡްޒް މުހައްމަދު އަނީސް ހުސައިން، މިސްކިތްމަގު. މާވޭދެ، ޏ. ފުވައްމުލައް
  • އަލްހާފިޒާ ސަފިއްޔާ އަލީދީދީ، މާލެގަން. މާވިނަ، ޏ. ފުވައްމުލައް
  • އަލްހާފިޒް މުހައްމަދު ފަލާހް ސޯލިހު، އިތާމުތްގެ، ސ. ހިތަދޫ
  • އަލްހާފިޒް އަބްދުﷲ ބިން އިމްޖާދު، ގ. ރައިހާނުގެ
  • އަލްހާފިޒާ ފާތިމަތު ހަސަން، ރޯޒްބޯލް، ސ. ހިތަދޫ
  • އަލްހާފިޒް މުހައްމަދު އައިދިން ނަޖުމީ، ކަށިމާގެ، ސ. މަރަދޫ
  • އަލްހާފިޒް އަބްދުލްބާސިތް ސަލީމް، ދިލްކަޝްވިލާ، ގދ. ހޯނޑެއްދޫ
  • އަލްހާފިޒް އައްމާރު ބިން އިބްރާހީމް، ދަފްތަރު ނަންބަރު 011، ނ. ވެލިދޫ
  • އަލްހާފިޒާ މަރްޔަމް ނައިސަމް ސައީދު، ކުރިބޯށި، ސ. ފޭދޫ
  • އަލްހާފިޒް އަމަން އަހްމަދު އާތިފް، ޑޭޒީމާގެ، ބ. ހިތާދޫ

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހާއްސަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ.