އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ގޭގައި ރޯވެ ހިނގި އަލުފާނުގެ ހަަދިސާގައި އަނިޔާވި މީހުންގެ އަދަދު 4 އަށް އަރާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ރޯވި ނިރުފެއްސާއި ޖެހިގެން ހުންނަ ސެންރޯސް އަކީ އިމާރާތުގެ މަތީގައި ބިދޭސީން ބައިތިއްބާ ލޭބާ ކުއާޓަރު ތަކެކެވެ.

އެތަނުން ގަރާޖުގެ މަތީގައި ގާތްގަނޑަކަށް 20 އަކަށް މީހުން ތިބޭ ކަމަށާއި ރޭގެ ހާދިސާގައި އެތާތިބި ގިނަ ބަޔަކު ނުކުން ނަމަވެސް 4 މީހަކަށް އަނިޔާވެގެން ހޮސްޕިޓްލަށް ގެންދިޔަ ކަމަަށް އަވައްޓެރިން ބުނެއެވެ.

މިހާދިސާ ހިނގި އިރު އެ ސަރަހައްދުގައި ހަރަކާތްތެރި ވި "ދަ ޕްރެސް" ގެ ނޫސްވެރިންނަށް 2 މީހަކު ސްޓްރެޗާއެއްގައި ގެންދާތަން ވަނީ ފެނިފައެވެ. އޭގެ ތެރެރެއިން އެކަކު އޮތީ ބޮޑީ ބޭގެއްގައެވެ.

ރޭ މެންދަމުން އަލިވެ 12:30 ހާއިރު ހިނގި އަލިފާނުގެ މިހާދިސާގައި ރޯވި އަލިފާން ނިއްވާލެވުނީ ފަތިހުއެވެ.

ގަރާޖާއި ޖެހިގެން ހުރި އިމާރަަތުގައި އުޅުނު މީހުންނާ ފަތިހު ދިމާވެގެން "ދަ ޕްރެސް" އިން ސުވާލު ކުރުމުން ބުނީ، އަލިފާން ރޯވާން ދިމާވި ސަބަބު ނޭނގޭ ކަމަށާއި އެމީހުން އެޅެނީ އެ އިމަަރާތުގެ މަތީގައި ކަމަށާއި 7 މީހުން ދިރިއުޅޭ ކަމަށެވެ. އަދި އެންމެން ސަލާމަތުން ނުކުތް ކަމަށް ބުންޏެވެ.

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ގަރާޖާއި ޖެހިގެން ހުރި އިމަަރާތް / ފޮޓޯ: ދަ ޕްރެސް

އަލިފާން އެއްކޮަށް ނިވުނަސް އަދިވެސް ދުން އަރަމުން ދާ 2 އިމާރާތުން ގަރާޖު ހުރި އިމާރާތަކީ މަތި އުސްކޮަށް ބޭރަށް ފެންނަ ގޮތަަށް 1 ބުރިއަށް ހަދާފައި ހުރި ތަނެކެވެ. ޖެހިގެން ހުރި އިމާރާތަކީވެސް އެ އުސްމިނަށް ހުރި އިމާރާތެއް ނަމަވެސް ބޭރުން ބަލާއިރު އެއީ 3 ބުރި ތަނެއްކަން ފަހަގަ ވެއެވެ.