ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އިންޑިއާގެ އިތުރު ޓީޗަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ހއ، ހދ، ށ ގައި ހިމެނޭ ރަށެއްގައި 17 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިރޭ 9:43 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން 28 އަހަރުގެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި އެ އިންޑިއާއަށް ނިސްބަތްވާ އެ ޓީޗަރަކީ ވަރަށް ފަހުން އެ ރަށަށް ދިޔަ ޓީޗަރެކެވެ. އަދި އެ މައްސަލައާ ގުޅިގެން ޓީޗަރު ރަށުން ބާލަން ގޮވާލާ ބައެއް އާންމުން މުޒާހަރާކުރަމުން އަންނަކަން ވެސް ވަނީ އެނގިފައެވެ.