އަނބިމީހާ އަށް ވަގަށް ލޯބިވެރިޔާ ގޮވައިގެން ބާޒާރަށް ގޮސް އުޅެނިކޮށް އަނބިމީހާ އަށް އެކަން ފަޅާއަރާ އަނބިމީހާ އެތަނަށް ގޮސް މާރާމާރީ ހިންގައިފިއެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝް ގައި ހިނގި މި ހާދިސާގައި އަންހެން މީހާ އެދުވަހު ބާޒާރަށް ދިޔައީ އިންޑިއާގައި ފާހަގަކުރާ ކަރްވާ ޗައުތު ފާހަގަކުރާތީ އެކަމަށް ބޭނުންވާ ބައެއް ސާމާނު ހޯދާށެވެ. ނަމަވެސް އަންހެން މީހާ އަށް ފެނުނީ އޭނާގެ ފިރިމީހާ އޭނާ އަށް ވަގަށް އެހެން އަންހެނެއް ގެންގުޅޭ މަންޒަރެވެ.
މަންޒަރު ފެނުމާއެކު އަންހެން މީހާގެ ރުޅިގަނޑު ކޮންޓްރޯލް ނުވެ ފިރިމީހާ އާ ކުރިމަތި ލުމަށް ފަހު ވަނީ އެތަނުގައި މާރާމާރީ ހިންގާފައެވެ. ފިރިމީހާ ގައިގައި ތަޅާ އަނިޔާ ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު އެތަނުގައި އެވަގުތު ތިބި މީހުން ވެސް ވަނީ ފިރިހެން މީހާ ގައިގައި ތަޅާ އަނިޔާ ކޮށްފައެވެ.
މާރާމާރީގައި ފިރިހެން މީހާ އަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެތަނަށް ފުލުހުން ގޮސް މާރާމާރީ ހުއްޓުވައި އެއްވެފައި ތިބި މީހުން ދުރުކުރަން މަސައްކަތް ކުރާ ތަން ވެސް ވީޑިއޯ އިން ފެނިގެން ދިޔައެވެ. މި މައްސަލައިގައި ފިރިމީހާ އާއެކު އެއްގޭގައި ނުހުރެވޭނެ ކަމަށް ބުނެ އަންހެން މީހާ ވަނީ އެދުވަހުން ދުވަހަށް އޭނާގެ މަންމަގެ ގެއަށް ގޮސްފައެވެ.
އަދި މިރާއްޖޭގަވެސް ވާނެ ތިކަހަލަ ކަންތައް