އެމްޑަބްލިއުއެސްސީން 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ފެން ބިލު ނުދެއްކުމުގެ ސަބަބުން އަރާ ޖޫރިމަނާ މާފްކޮށް ދިނުމުގެ ޕްރޮގްރާމުގެ މުއްދަތު ހަމަވާން ކައިރިވެއްޖެއެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ ނުދައްކާ ހުންނަ ފެން ބިލު ދެއްކުމަށް ލުއިފަސޭހަ ގޮތެއް ހަމަޖެއްސުމަށް 2019 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ކުރިއަށް ގެންދާ ފެންބިލު ޖޫރިމަނާ މައާފްކުރުމުގެ ޕްރޮގްރާމަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް މުއްދަތު ހަމަވާ ޕްރޮގްރާމެއް ކަމަށެވެ.

އެ ޕްރޮގްރާމްގެ މުއްދަތުގައި ފެން ބިލުތައް ނުދައްކާ ގިނަ ދުވަސް ވެފައި ހުރި ނަމަވެސް އަރާ ޖޫރިމަނާ ދައްކަން ނުޖެހި ހުރިހާ ބިލަކަށްވާ ފައިސާ ހަމައަށް ދެއްކުމުން ޖޫރިމަނާ މާފްކުރާނެ ކަމަށާއި އެއްފަހަރާ އެ ފައިސާ ދައްކަން އުނދަގޫ ފަރާތްތަކަށް އިންސްޓޯލްމެންޓަށް ބަހާލައިގެން ފައިދާ ދެއްކުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ވަނީ މިއަހަރު ނިމުމުގެ ކުރިން ބިލްތައް ދެއްކުމަށް އިލްތިމާސްކޮށްފައެވެ. އަދި އެމްޑަބްލިއުއެސްސީގެ އަމާޒަކީ ކުންފުނިން ފޯރުކޮށްދެމުން އަންނަ ފެނާއި ނަރުދަމާގެ ޚިދުމަތްތައް، ވީހައިވެސް ލުއިފަސޭހަ ގޮތެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށް ބުނެއެވެ.