އިނގިރޭސީން އިންޑިއާ ހިސޯރު ކޮށްފައި އޮތް ޒަމާނުގައި ގުޖުރާތުން އަހުމަދު އާބާދަށް ދާން އޮންނަ ބްރިޖެއް ވެއްޓި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމް ވެއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުން މިހާތަނަށް 141 މީހަކު މަރުވެ 20 މީހަކު ވަނީ ޒަހަމްވެފައެވެ. އަދި މިހާދިސާގައި ސަލާމަތް ވި މީހުންގެ އަދަދު 171 އަށް އަރާ ކަމަށް ހަބަރުތައް ބުނެއެވެ.

19 ވަނަ ގައުރުނުގެ މި ބްރިޖް މަރާމާތަށް ބަންދުކޮށްފައި އޮންނަތާ 6 މަސް ފަހުން އާންމުކޮށް ހުޅުވާލުމުން ތަންތަން ބަލަން ދަތުރު ކުރި މީހުންނާއި އިންޑިއާގައި ފާހަގަ ކުރާ ޑިވާލީ އާއި އަޅުކަމަށް ދާން އެތައް ބަޔަކު ވަނީ އެއްފަހަރާ ބްރިޖަށް އަރާފައެވެ.

ގުޖުރާތުގެ މައި ރަށާއި ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި އޮންނަ މޯބީ ގެ މި ބްރިޖް އަހުމަދުއާބާދާ ގުޅޭ ހިސާބަށް އެއްކޮށް ކަނޑައިގެން ގޮސް ކޯރުގެ ތެރެއަށް ވަނީ ވެއްޓިފައެވެ.

ބްރިޖް ވެއްޓެމުން ދިޔަ އިރު ބައެއް މީހުން، ސަލާމާތް ވުމަށްޓަކައި ބްރިޖް ހިފަހަޓްން ދަމާފައި ހުރި ކޭބަލްތަކުގައި އެލިގެން ތިބި މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތައް މިހާރު ވަނީ އާންމު ވެފައެވެ.

ގުރުޖާރު ބްރިޖް ވެއްޓި ގެއްލުނު މީހުން ހޯދަން އޮފިޝަލުން ހަރަކާތްތެރި ވަނީ / ފޮޓޯ: ރޮއިޓާސް

މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ އިރު، ކޯރު ތެރެއަށް ވެއްޓުނު މީހުންގެ ތެރެއިން ސަލާމަތުގެ އައްސޭރިއަށް ނުވަތަ ކޯރުގެ އައްސޭރިއަށް ދާން ފަތާ މީހުންނާއި އައްސޭރިއަށް މީހުން އަރަމުން ދާތަންވެސް އާންމު ވި ބައެއް ވީޑިއޯއިން ފެނެއެވެ.

މަންޒަރު ދުށް މީހަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ، ބްރިޖް ވެއްޓުނީ އެއްފަހަރާ އެތައް ސަރޭކަ ބަޔަކު ބްރިޖް މައްޗަށް އެރުމުން ކަމަށާއި، ބްރިޖް މައްޗަށް އެވަގުތު އެރި މީހުންގެ ތެރޭގައި ޑިވާލީ ބަންދާއެކު ކުދިވެރިން ގޮވައިގެން ހިތްހަމަ ޖައްސާލައި މަޖާކޮށްލަން އެރި މީހުން ހިމެނޭ އިރު ބްރިޖާއެކު އެ އެންމެން ވެއްޓެމުން ދިޔައީ އެކަކު އަނެކަކުގެ ގައިމައްޗަށް ކަމަށެވެ.

ގުރުރާތު ސަރުކާރުން މިހާރު ތަހުގީގެއް ފަށާފައި ވާއިރު މީހުން ސަލާމަތް ކުރުމުގައި 200 އަށް ވުރެ ގިނަ އޮފިޝަލުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

މިހާދިސާ ހިނގި އިރު، އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުންނެވީ 3 ދުވަހުގެ ޗުއްޓީއެއްގައި ގުޖުރާތުގައެވެ. ގުޖުރާތަކީ މޯދީ ނިސްބަތްވާ ރަށެވެ. މިހާދިސާއާ ގުޅިގެން މޯދީ ވަނީ، ނިޔާވި ކޮންމެ އާއިލާއަކަށް 200،000 ރުޕީސް (2،428 އެމެރިކާ ޑޮލަރު) ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޒަހަމްވި ކޮންމެ މީހަކަށް 50،000 ރުޕީސް (607 އެމެރިކާ ޑޮލަރު) ދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިހާދިސާ އާ ގުޅިގެން އަރްމޭނިއާ، އިޓަލީ، ނެދަލޭންޑްސް، ޕޮލޭންޑް، ސްރީލަންކާ އަދި ޔޫއޭއިން ވަނީ ހަމްދަރުދީ ފާޅުކޮށް އިންޑިއާ ސަރުކާރަށް މެސެޖް ފޮނުވާފައެވެ.

މި ހާދިސާ އާ ގުޅިގެން ބީބީސީން އާންމު ކުރި ހަބަރެއްގައި ބުނެފައި ވަނީ 140 އަަހަރު ވީ ބްރިޖް މަރާމާތު ކުރަން ދިނީ ގަޑިއާއި ބޮކި ހަދާ ބަޔަކަށް ކަމަށެވެ. ގުރުރާތުގެ މުނިސިޕަލިޓީން ބްރިޖް މަރާމާތު ކުރަން ހަވާލު ކުރީ މޯބީގެ އެރޭވާ ގްރާޕް ކިޔާ ކުންފުންޏަކަށް ކަމަށާއި އެއީ ދުނިޔޭގައި އެންމެ ގިނައިން ގަޑި އުފައްދާ ކުންފުނިކަމަށް އެމީހުން ލިޔެފައި އޮންނަ ކަމަށެވެ. އަދި އެކުންފުނިން ބްރިޖް ޓޮލްގެ ގޮތުގައި ބޮޑު މީހަކަށް 17 ރުޕީސް އަދި ކުޑަކުއްޖަކަށް 12 ރުޕީސްވެސް ނަގާ ކަމަށް ބުނެފައި ވެއެވެ.

އިސް އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ އެންޑީޓީވީން ހާމަ ކޮށްފައި ވާ ގޮތުަގައި ބްރިޖްގެ މެއިންޓެނަންސް މަސައްކަތަށް އެކުންފުންޏަށް 20 މިލިއަން ރުޕީސް ލިބިފައި ވެއެވެ. އެ އޮފިޝަލް ވިދާޅުވީ، މަސައްކަތަށް ފަރުވާ ބަހައްޓައިގެން ރަނގަޅަށް ކަން ކުރި ނަމަ ބްރިޖްގެ އުމުރު 15 ވަރަކަށް އަހަރަށް ހިފެހެއްޓީސް ކަމަށެވެ.

މި ބްރިޖަކީ މަތިން ދެފަރާތުން 2 ވަޔަރު ދަމާ އެ ވަޔަކަށް ބްރިޖްގެ ޕްލެޓްފޯމްގައި ޖަހާފައި ހުންނަ ވަޔަރު ހިފާ ދަމާ ވާންކޮށްފައި އޮންނަ ބްރިޖެކެވެ.