އިންޑިއާގައި އުފައްދާ ކޯފް ސިރަޕެއް ބޮއެގެން އެފްރިކާގެ ގެމްބިއާގައި 70 އަށް ވުރެ ގިނަ ކުދިން މަރުވި ހާދިސާ ހިނގިތާ ދުވަސްކޮޅެއް ނުވެ އިންޑޮނީޝިއާގައި މިއަހަރު 100 އަށް ވުރެ ގިނަ ކުދިން މަރުވީ ކޯފް ސިރަފުގެ ސަބަބުން ކަން އެނގިއްޖެއެވެ.

މިއަރުގެ މިހާތަނަށް 100 އަށް ވުރެ ގިނަ ކުދިން މަރުވެފައި ވާ އިރު، އެ ކުދިން މަރުވީ، އިންޑޮނީޝިއާގައި ބޭނުން ކުރާ ކޯފް ސިރަޕްގައި ހުންނަ މާއްދާއެއް ކަމުގައި ވާ އެތެލީން ގްލައިކޯލް ގެ ސަބަބުންކަން ވަނީ ދެނެގަންފައެވެ. މިއީ ގެމްބިއާގައި ބޭނުން ކުރި ކޯފް ސިރަޕުންވެސް ފެނުނު މާއްދާއެއް ކަމަށާއި އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަން ކުޑަކޮށް ނުވަތަ އެހެންވެސް މާއްދާއަކަށް ހުށަހެޅިފައި ވާ ގޮތަށް އެތެލީން ގަލައިކޯލް ބޭނުން ކުރެވިފައި ހުރުމުގެ ސަބަބުން ކިޑްނީ ހަލާކު ވާން މެދުވެރިވެ ފުރާނައަށް ނުރައްކާ ވެއެވެ.

އާންމުކޮށް ކުޑަކުދިންނަށް ދިނުމަށް ހަދާފައިވާ މި ކޯފް ސިރަޕްތަކަކީ، ތަފާތު އެކި ބްރޭންޑްތަކުގައި އެކި ގައުމުތަކުގައި އުފައްދާ ބޭނުންކުރާ ބޭސްތަކެކެވެ.

އިންޑޮނީޝިއާއިން ފެންމަތިވި މި ކޭސްތަކާ ގުޅިގެން ބެލިބެލުމުން، އެ ގައުމުގައި ބޭނުންކުރާ ކޯފް ސިރަޕަކީ ގެމްބިއާގެ ބާޒާރުން ލިބެން ހުންނަ ކޯފް ސިރަޕާ ތަފާތު ސިރަޕެކެވެ. އިންޑޮނީޝިއާގައި އާންމުކޮށް ހުންނަނީ ޕެރަސެތްމޯލްގެ ތަފާތު ބްރޭންޑްތަކާއި ޕެނަޑޯލްގެ ބްރޭންޑްތަކެވެ.

އިންޑޮނީޝިއާގެ ކަމާބެހޭ އިދާރާތަކުން މިޙާރު ތަހުގީގެއް ފަށާފައި ވާ އިރު 20 ޕްރޮވިންސަކުން 206 ކޭސް މިހާތަނަށް ރިޕޯޓު ކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ. އަދި އެ 20 ޕްރޮވިންސުން މަރުވި ކުޑަކުދިންގެ އަދަދު 100 އަށް އަރާކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ. އަދި އެ އަދަދު މައްޗަށް އަރާނެ ކަމަށްވެސް އިދާރާތަކުން ބުނެއެވެ.

މިއާއެކު، ސިރަޕް ގޮތުގައި ބޭނުން ކުރާ ކެއްސާ ބޭހުގެ ހުރިހާ ބާވަތެއް މަނާކޮށް ބާޒާރުން ނެގުމަށްވެސް ވަނީ އަންގާފައެވެ.

އެގައުމުގެ ފްޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ، މިހާތަނަށް ރިޕޯޓު ކުރި ކޭސްތަކުގެ ތެރެއިން 65 ޕަސެންޓް ޚޭސް ރިޕޯޓު ކުރީ ވެރިރަށް ޖަކާޓާއިން ކަމަށާއި މަރުވި ކުޑަކުދިންގެ ތެރޭގައި ގިނައީ 5 އަހަރުން ދަށުގެ ކުދިން ކަމަށެވެ.

ކޯފް ސިރަޕްގެ މައްސަލަތައް ފެންމަތިވި ޑަބްލިއުއެޗްއޯއިންވެސް އިންޒާރު ނެރެ، އިންޑިއާ ކުންފުނީގެ ބޭސް ބޭނުން ނުކުރަން އަންގާފައި ވާއިރު، ރާއްޖޭގެ ފްޑްއެންޑް ޑްރަގް އޮތޯރިޓީންވެސް ވަނީ އެ ބޭސްތަކާ މެދު ސަމާލުވުމަށް އަންގާފައެވެ. ނަމަވެސް އިންޑޮނީޝިއާއިން މި ފާހަގަ ވި ކޭސްތަކާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ހުރި ޕެނަޑޯލާއި ޕެރަސެންޓްމޯލް ފަދަ ސިރަޕްތަކާ މެދު އަޅަން ވީ ފިޔަވަޅެއްގެ އިރުޝާދެއް އެ އިދާރާއަކުން އަދި ނުދެއެވެ.