އައްޑޫ ފޭދޫ / ސޮލިޑް، މުހައްމަދު ޒަޔާން މޫސާ (21އ) މަރުގެ ތަހުގީގަށް ނުފޫޒު ފޯރުވަމުން ދާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ގާނޫނީ ވަކީލެއް ކަމަށާއި އޭނާގެ މައްސަލަ މިހާރު ބާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ މަގާމުގެ ހައިސިއްޔަތު ނުވަތަ މަސައްކަތުގެ ނާޖާއިޒް ފައިދާ އޭގެ ތެރޭގައި ބޭނުން ކޮށްގެން ގާނޫނީ ވަކީލެއް ހައްޔަރުކުރި ނަމަވެސް އޭނާ މިވަގުތު ހުރީ ފުލުހުންގެ ބަންދުގައި ނޫން ކަމަށެވެ.

އެ ވަކީލުގެ މައްސަލަ މި ވަގުތު ވާނީ ބާ ކައުންސިލަށް ހުށަހަޅާފައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ސަމީހް ވިދާޅުވީ ތަހުގީގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެ މައްސަލަ ބަލަމުން ދިޔަ އޮފިސަރުންގެ އިންޓަގްރިޓާ މެދު ރައްޔިތުންގެ މެދުގައި އުފެދުނު ޝުއޫރު ކަމަށާއި އެ ގޮންޖެހުމުން އަރައިގަތުމަށްޓަކައި ފުލުހުންގެ ތެރޭގައި އޮންނަ އުސޫލުގެ ތެރެއިން އެ މައްސަލައިގެ ތަހުގީގުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ އިތުބާރު އޮތްތޯ ޔަގީން ކުރެވިފައި ވާނެ ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މަރުވި އައްޑޫ ފޭދޫ / ސޮލިޑް، މުހައްމަދު ޒަޔާން މޫސާ (21އ) މަރުވުމުގެ ކުރިން އެ ހަމަލާ ދިން ގޮތާއި ހަމަލާދިން މީހުން އޭނާ ކިޔައިދީފައި ވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ޒަޔާންއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ހުށަހަޅާފައި ވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދަމު އައްޑޫ ގަމު ޕޮލިސް ސްޓޭޝަނަށް ޒަޔާންގެ އާއިލާގެ ފަރާތުން ކަމަށެވެ.

ފުލުހުން ސީންއަށް ދިޔަ އިރު ޒަހަމްތަކާއެކު ޒަޔާން ގޭގައި އޮތް ކަމަށާއި އެވަގުތު ވާހަކަ ދެއްކޭތީ ބައެއް ވާހަކަތައް އޭނާ ފުލުހުންނަށް ކިޔައިދިން ކަމަށާއި އެގޮތުން ހަމަލާދިން ގޮތާއި ހަމަލާދިން މީހުންނާ ގުޅޭ ވާހަކަތައް ދައްކާފައިވާ ކަމަށް ސާމިހް ފާހަގަ ކުރެއްވިއެވެ.