އުމުރުން 27 އަހަރުގެ ބިދޭސީއަކު ހުޅުމާލޭން ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުން ދަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ، 27 އަހަރުގެ އެމްޑީ އޮމަރު މިއާއެވެ.

ވީނުވީއެއް ނޭނގި މިދިޔަ ހޮނިހިރު ދުވަހު އޭނާ ގެއްލިގެން މައްސަލަ ހުށަހަޅާފައި ވަނީ އޭނާ މަސައްކަތްކުރަމުން ދިޔަ ކުންފުނިން ކަމަށް ފުލުހުން ބުންޏެވެ.

އެމްޑީ އޮމަރު މިއާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111، ނުވަތަ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފުލުހުންގެ ނަންބަރު 9980062 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

މިދިޔަ މަހުގެ 18 ގައި ހުޅުމާލޭން މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާ މަރުވެފައި އޮއްވާ ފެނުނީ މި މަހުގެ ދެވަނަ ދުވަހުގައެވެ. އޭނާގެ ހަށިގަނޑު ވަނީ މިދިޔަ ހޮނިހިރު ދުވަހު އިންޑިއާ އަށް ޕޯސްޓްމޯޓަމް ހަދަން ފޮނުވާލައިފައެވެ.