އަމީނީމަގު ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި ދުވާރު ފުލާ ކޮށް އުޅަނދުތައް ދުއްވާ ޖާގަ ހަނި ކޮށްފައިވާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މުއިއްޒު ވިދާޅުވީ، އަމީނީމަގުގެ ދުއްވަން އޮންނަބައި 25 ފޫޓު ކުރިން އޮތް ނަމަވެސް މިހާރު މަގު ހަދަމުންދާ ގޮތުން ދުއްވާ އުޅަނދު ދުއްވަން އޮންނަ ބައި މިހާރު 21 ފޫޓް 10 އިންޗިއަށް ހަނިކޮށްފައި ވާ ކަމަށެވެ. އެކަމުގެ ސަބަބުން މަގުގެ ތޮއްޖެހުން އިތުރަށް ގޯސްވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި އަދި ބިމުގެ އަޑިއަށް ލުމަށް ކުރިން ނިންމާފައިވާ "ކޭބަލް ޓްރޭ" ވެސް ހަދަމުން ދަނީ ބިމުން މަތީގައި ކަމަށް މޭޔަރު ފާހަގަ ކުރެއްވިއެވެ.
33 ފޫޓުގެ ފުޅާ މިން އޮތް އަމީނީ މަގުގައި ކުރިން މަގުގެ ދެފަރާތުގައި ދުވާރު އަޅާފައިވާ އިރު އެ ދުވާރުގެ ފުޅާ މިނަކީ 4 ފޫޓެވެ. އަދި މަގުގައި އުޅަނދުތައް ދުއްވާ ޖާގައިގެ ފުޅާ މީނަކީ 25 ފޫޓެވެ. މިހާރު މަގު ހަދާ ގޮތުގެ ތަފްސީލް މުއިއްޒު ހާމަ ކުރައްވާފައިވާ އިރު މަގުގެ ދެ ފަރާތުގައި ދުވާރު އަލާ އިރު އެ ދުވާރުގެ ފުޅާ މިނުގައި 5 ފޫޓު 7 އިންޗި ހުންނާނެއެވެ. އެހެންކަމުން އުލާނދުތައް ދުއްވާ ޖާގައިގެ ފުޅާ މިނުގައި 21 ފޫޓު 10 އިންޗި ހުންނާނެއެވެ.
މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް މުއިއްޒު ފާޑުވިދާޅުވާއިރު، އެ މަޝްރޫއަކި މާލެ ސިޓީގެ ކުރީގެ ކައުންސިލާއި އާރްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރު ހޮވުނު ފަހުން ވަނީ އެދެވޭ ހެޔޮ ބަދަލުތަކަކާ އެކު 39 މިލިއަން ރުފިޔާއަށް މި މަޝްރޫއު ނިންމޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ސަރުކާރުން ވަނީ މި މަޝްރޫއު މާލެ ސިޓީ ކައުންސިލްގެ އަތުން އަތުލައި، ކުރިން މި މަޝްރޫއު ހިންގުމަށް އެއްބަސްވެފައިވާ އަގުގެ އެތައް ގުނައެއް އަގުބޮޑުކޮށް 84 މިލިއަން ރުފިޔާއަށް މަގު ހެދުމުގެ މަޝްރުއު ނިންމުމަށް އާރްޑީސީއާ ހަވާލު ކޮށްފައެވެ.
ކައުންސިލް އަތުން މި މައްސަލަ އަތުލައި އާރްޑީސީއަށް މި މަޝްރޫއު ހަވާލު ކުރުމުން މާލެ ސިޓީ ކައުންސިލުން ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މި މަޝްރޫއު ކުރިއަށް ގެންދާ ކަމަށް ބުނެފައެވެ. އަދި މިކަމުގެ ކަންބޮޑުވުން ކަމާ ގުޅުން ހުރި އިދާރާތަކަށް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ މައްސަލަ ހުށަހަޅާފައެވެ.
އަމީނީ މަގު ހަދަމުންދާ އިރު ދުވާރު ފުލާ ވެ އުޅަނދުތައް ދުއްވާ ޖާގަ ހަނިވެފައި ވާ މައްސަލަ ފެންމަތިވެފައިވާ އިރު، އެ މަގު ހެދުމަށް އަމީނީ މަގުގައި ހުރި ގަސްތައް ނަގާފައިވުމަކީ ގިނަ ބަޔަކު ފާޑުކިޔާ މައްސަލައެކެވެ. އަދި މި ފާޑު ކިޔުންތަކާއި އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެ މަސައްކަތުގައި އެހީތެރިކަން ދިނުން ހުއްޓާލާފައި ވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.
ސިކުނޑީގައި އެއްވެސް ތެތްކަމެއްނެތް ބަޔަކު ކުރާކަހަލަ ކަމެއް ރީނދޫ ސަރުކާރުން ތިޔަކުރީ. މިފަދަ ވެހިކަލްތައް ގިނަ ޒަމާނެއްގައި، އަމުދުން މިނީ ބަސްވެސް ދުއްވާއިރު މަގު އެއްވެސް ވަރަކަށް ހަނި ކޮށްގެން ނުވާނެކަން އެނގެންޖެހޭނެ.
ޖާގަ ދޭންޖެހޭނީ ހަމަެކަނި ދުއްވާ އެއްޗިއްސަކަށް ނޫން ހިނގާ މީހުންނަށްވެސް މިނިވަންކަމާއެކު ހިނގެންވާނެ