އިންޑިއާގެ ކެރެލާ އަށް ނިސްބަތްވާ ޝީޖާގެ ފަހުރަކީ އޭނާގެ މަތިމަސް ކަމަށް އޭނާ ބުނެފިއެވެ.

މަތިމަސް ބެހެއްޓުމަކީ އާންމުކޮށް އަންހެނުން ކޮށް އުޅޭ ކަމެއް ނޫނެވެ. އާންމުކޮށް އަންހެނުންގެ މަތިމަސްވެސް ނުވެސް ފަޅައެވެ. ނަމަވެސް ދިމާވާ ބައެއް ސިއްހީ މައްސަލަތަކުގައި ހަށިގަނޑުގައި ގިނައިން އިސްތަށިފަޅާ ގޮތްވެއެވެ. އަންހެނެއް ނަމަ ބަލަނީ އަވަހަށް އެ އިސްތަށިތައް ނައްތާލެވޭތޯއެވެ. ނަމަވެސް މި އަންހެން މީހާ ބޭނުންވަނީ އޭނާގެ މަތިމަސް ބަހައްޓަންށެވެ.

ޝީޖާ ބުނީ އޭނާ އަށް އޭނާގެ މަތިމަސް ވަރަށް ކަމުދާ ކަމަށާއި މީހުން ކިޔާނެ އެއްޗެއްސާ މެދު އެއްވެސް ވަރަކަށް ފަރުވާލެއް ނެތްކަމަށެވެ. އަދި މަތިމަސް ގެންގުޅެނީ ވަރަށް ލޯބިން ކަމަށާއި މިއީ އޭނާގެ ފަހުރު ކަމަށެވެ. އާންމު އެހެން އަންހެނުންނެކޭ އެއްފަދައިން ޝީޖާވެސް މޫނުމަތީގައި ހުންނަ އިސްތަށިތައް މަދެވެ. އޭނާ އަކީ ގަވައިދުން ބިއުޓީ ޕާލަރަށް ގޮސް ބުމަ ހަދާއި އެކި ކަންތައްތައް ކުރާ މީހެކެވެ. ނަމަވެސް އެންމެ ކުރީއްސުރެވެސް މަތިމަސް ބޭލުމުގެ އެއްވެސް ހިޔާލެއް ނުހުންނަ ކަމަށް ޝީޖާ ބުނެއެވެ. އަދި އޭގެ ނަތީޖާ އަކަށްވީ މަތިމަސް މަޑުމަޑުން ދިގުވުމެވެ.

"މިހާރު ފަސް އަހަރުވެއްޖެ މިހެން ގެންގުޅޭތާ. އަހަރެން އަސްލު ވަރަށް ފަހުރުވެރިވޭ އަހަރެންގެ މަތިމަހާ ދޭތެރޭ. ދުވަހަކުވެސް މަތިމަސް ބާލާކަށް ހިތަކަށް ނާރާ. އަދި ނުވެސް އަރާނެ،"

ސިއްހީ މައްސަލަތަކެއް ހުންނަ ޝީޖާ ވަނީ މީގެ ކުރިން ބައިވަރު ސާޖަރީތަކެއް ހަދާފައެވެ. މިއިން ކޮންމެ ސާޖަރީ އެއް ހެދި ނަމަވެސް ޝީޖާ އޭނާގެ މަތިމަސް ބޭލުމުގެ އެއްވެސް ހިޔާލެއް ނުގެންގުޅެއެވެ. އޭނާ ދެކޭގޮތުގައި އެކި މީހުން ކުރާ ހިތްވާނީ އެކި ކަންކަމެވެ. އަދި އެމީހަކުން ކުރަން ބޭނުންވާ ކަމެއް ކުރުމުގެ ފުރުސަތު އެމީހަކަށް އޮންނަންޖެހޭނެ ކަމަށެވެ.