މަންމަ ބާބަރާ ވެއިޓް 64، މަރާލިކަން ސާބިތުވެ އުމުރުން 24 އަހަރުގެ އެކްޓަރު ރަޔާން ގްރެންތަމް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

"ޑައިރީ އޮފް ވިމްޕީކިޑް" އިން މަޝްހޫރުވި އެކްޓަރު ރަޔާން އޭނާގެ މަންމަ މަރާލީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުއެވެ. އޭރު އޭނާގެ އުމުރުން 21 އަހަރެވެ. އޭނާ ވަނީ މަންމަ މަރާލިކަށް އަމިއްލައަށް ޕޮލިސް ސްޓޭޝަނަށް ގޮސް އިއުތިރާފްވެސް ވެފައެވެ. ނެޑާގެ ވެންކޫވާގެ ބްރިޓިޝް ކޮލަމްބިއާ ސުޕްރީމް ކޯޓުން ރަޔާންގެ މައްޗަށް ކޮށްފައިވަނީ ފަސްޓް ޑިގްރީ މާޑާއަށެވެ. ނަމަވެސް އޭނާ އިއުތިރާފްވެފައި ވަނީ ސެކަންޑް ޑިގްރީ މާޑާއަށެވެ. އެއާއެކު ގާޒީ އޭނާގެ މައްޗަށް ކުރި ހުކުމަކީ އުމުރަށް ޖަލަށްލުމާ އެކު އުމުރުދުވަހަށް ވެސް ބަޑިފަދަ އާލާތްތަށް ނުގެންގުޅެވޭ ގޮތް ހެދުމެވެ.

ރަޔާންގެ ބަޔާނުގައި އޭނާ ވަނީ އޭނާގެ މަންމަ މަރާލިގޮތް ވަރަށް ތަފްސީލުކޮށް ކިޔާދީފައެވެ. އޭނާ ބުނީ މަންމަ ގޭގައި ޕިޔާނޯ ކުޅެން އިންދާ މަންމަގެ ބޮލަށް ބަޑިޖެހީ ކަމަށެވެ. އަދި އެވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ވަނީ ބުނެފައެވެ. އޭނާ ބުނީ މަންމަ މަރާލުމަށް ފަހު ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މަރާލަން ވެސް ރޭވި ކަމަށެވެ.

ރަޔާންގެ ދިފާއުގައި އޭނާގެ ވަކީލު ބުނީ އޭނާ އަކީ ޑިޕްރެޝަން އަދި އެންޒައިޓީ ހުންނަ މީހެއް ކަމަށާއި އޭނާގެ ސިކުނޑީގައި އަބަދުވެސް ހިނގަމުން އަންނަނީ މީހެއް މަރާލުމުގެ ހިޔާލާއި އޭނާ އަމިއްލަ އަށް މަރުވާ ހިޔާލުތައް ކަމަށެވެ.

އެކްޓަރު ރަޔާން ވަނީ ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ރިވަޑޭލް"ގައި ވެސް ހަރަކާތްތެރި ވެފައެވެ. އޭގެ އިތުރުން އޭނާ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި "ޕާފެކްޓް ހައި"، "އައިސްކުއޭކް" އަދި "ބެރިކޭޑް" ހިމެނެއެވެ.