އިންޑިއާގެ ޗެންނާއީގައި އޮތް ކައިވެނި ހަފްލާ އެއް، ކައިވެނިކުރާ އަންހެން މީހާގެ ލޯބިވެރިޔާ ގޮސް ހުއްޓުވައިފިއެވެ.

ޓެމިލްނާޑޫ އަށް އުފަން 24 އަހަރުގެ ފިރިހެން މީހާ (އަންހެން މީހާގެ ލޯބިވެރިޔާ) ގޮސް އެ ކައިވެނ ހުއްޓުވުމުގެ ގޮތުން ވަނީ އަންހެން މީހާގެ ވާން އުޅޭ ފިރިމީހާ، އޭނާގެ ލޯބިވެރިޔާ ކަރުގައި މަންގަލް ސޫތްރަ އަޅުވަމުން ދަނިކޮށް އެ އަތުލައިގެން އޭނާގެ ލޯބިވެރިޔާގެ ކަރުގައި އަޅުވަން މަސައްކަތް ކޮށްފައެވެ. ޓެމިލްނާޑޫ އަށް އުފަން މި ފިރިހެން މީހާ ފުލުހުންނަށް ދިން ބަޔާނުގައި ބުނީ ކައިވެނި ހަފްލާ އަށް ގޮސް އެކައިވެނި ހުއްޓުވީ އޭނާގެ ލޯބިވެރިޔާ އެތަނަށް އައިސް އޭނާ ގެންދާށޭ ބުނެ މެސެޖު ކުރުމުން ކަމަށެވެ.

މި އަންހެން މީހާ އެހެން މީހަކާ ކައިވެނިކުރަން އުޅުނީ އާއިލާގެ ނުފޫޒުގެ ސަބަބުންނެވެ. ނަމަވެސް ޓެމިލްނާޑޫގެ ފިރިހެން މީހާ އާއި އަންހެން މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މާ ޒަމާންވެއްޖެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަންގަލް ސޫތްރަ ޖަހައިގަތުމުން ކައިވެނި ހަފްލާއަށް ހާޒިރުވެ ތިބި މީހުން ވަނީ ފިރިހެން މީހާ އާއި ތަޅާފޮޅުމަށް ފަހު އެކަން ކުރުން ހުއްޓުވާފައެވެ. އަދި އެ އުފާވެރި މާހައުލު ރުޅިވެރިކަމުގެ މާހައުލަށް ބަދަލުވެ އެންމެން ތަޅާފޮޅަށް ފެށިކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ފިރިހެން މީހާ ކަންތައް ކުރި ގޮތުން އަންހެން މީހާ އިންނަން އުޅުނު ފިރިހެން މީހާގެ އާއިލާ އިން ވަނީ އެކައިވެނި ދެން ނުކުރާނެ ކަން އިއުލާން ކޮށްފައެވެ. ވަގު ލޯބިވެރިއެއް ގެންގުޅޭކަމަށް ބުނެ އެ ކައިވެނި ކުރުން ރޫޅާލި އިރު އަންހެން ކުއްޖާގެ އާއިލާ އިން ވަނީ ކައިވެނިކުރުމަށް އާދޭސްވެސް ކޮށްފައެވެ.

މި މައްސަލަ ފުލުހުންނަށް ހުށައެޅުމުން ފުލުހުން ބުނީ އޭގައި ފިރިހެން މީހާ އަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތް ކަމަށާއި ސަބަބަކީ އޭނާ އެ ހަފްލާ އަށް އައިސް އެކައިވެނި ހުއްޓުވީ އަންހެން މީހާ އެދިގެން ކަމަށް ވާތީ ކަމަށެވެ.