އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދައުވާކުރި ފުލުހެއް ކަމަ އަބްދުއްރަހްމާން ރަފީއު 1 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ދައުވާގެ ޝަރީއަތް ކޯޓުގައި ފެށުމާއެކު އޭނާ ކުށަށް އިއުތިރާފުވެފައިވާ ކަމަށާއި މ.ރަތްމަންދޫ، ޖަވާހިރުވާދީ ރަފީއުގެ މައްޗަށް ދައުލަތުން ދައުވާކުރި އެއްޖިންސުން ޖިންސީގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ ކަމަށެވެ.
1 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ހުކުމްކުރި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތަށް ކެނޑުމަށްފަހު ތަންފީޒުކުރަން ޖެހޭނީ 1 އަހަރާއި 28 ދުވަސް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
ގިނަ ބައެއްގެ ވީޑިއޯތައް ދައުރުވެފައި ވާއިރު އެ މައްސަލާގައި އަލަމްގިރިއަށް ވަނީ 7 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާ، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއެއް މިހާރު އުފުލާފައެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބދުއްސައްތާރަށް ވަނީ 3 މަސް ދުވަހު ގޭބަންދު ގައި ހުރުމަށް ހުކުމް ކޮށްފައެވެ. މީގެ އިތުރުން ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ އެކްޓިވިސްޓް އަދި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު (ރާއްޕެ) ކަމަށް ބުނާ މީހެއްގެ ވީޑިއޯ ވެސް ވަނީ ދައުރުވެފައެވެ.
ޢެއްޖިންސުން ގުޅުންހިންގީމައި ހުކުމް މިކުރަންޖެހެނީ އިސްލާމްދީނުގައި މީހަކަށް ގޮތަކައްތަ ނުވަތަ ވަކަރުގަނޑު މާވަޑިޔާ ހިތަކައްތަ