ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނޭޝަނަލް މަނީ ޓްރާންސްޕާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި އެ ހިދުމަތް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފާވާއިރު އެ ޕްރޮމޯޝަން ޑިސެންބަރުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި ކޮންމެ ދެ ހަފްތާއަކުން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯއެއް ލިބޭނެ ކަމަށާއި އެ ޕްރޮމޯޝަންގެ ބޮޑު އިނާމަކީލަގްޒަރީ ރިސޯޓަކުން ދެ މީހަކަށް އޯލް އިންކްލޫސިވް ޕްކޭޖެއް ލިބޭނެ ކަމަށެވެ.

އެ ޕްރޮމޯޝަން އާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލް ވެބްސައިޓްއިން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.