މިހާތަނަށް ކުރިމަތިވި އެންމެ ބާރުގަދަ ތޫފާން ނަންމަޑޯލް ޖަޕާނަށް އެރުމާއެކު، ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ވަމުން ދާއިރު، 145 މޭލު ބާރުމިނުގައި ވައި ހުރި އެ ތޫޕާން އަދިވެސް ދަނީ ޖަޕާނުގެ ތެރެއަށް ޖެހެމުންނެވެ.

ހަބަރުތައް ބުނާ ގޮތުން، މިހާރުވެސް 2 މީހަކު މަރުވެ 90 މީހަކު ޒަހަމްވެފައި ވާ އިރު، 350،000 މީހުންގެ ގެއިން ވަނީ ކަރަންޓްގެ ހިދުމަތްވެސް ކެނޑިފައެވެ.

ނަންމަޑޯލް އަރާތީ، ދުރާލާ ރައްޔިތުންނަށް ތޫފާނުގެ އިންޒާރު ދީ ރައްކާތެރި ސަހަރައްދުތަކަށް މީހުން ބަދަލު ކުރަމުން ދިޔަ ނަމަވެސް، ފަރުބަފަދަ ތަކާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ދަނީ ނުރައްކާ ބޮޑުވަމުންނެވެ. ފަރުބަދަ ކަނޑައިގެން ގޮސް ކިސަޑާއެކު ފެންފަނޑު ބައިގެން ދިޔުން ފަދަ ހާދިސާތަކާއި، ތިރި ސަރަހައްދުތަކުގައި މިހާރުވެސް ފެންބޮޑުވުން ފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ.

ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ލަފާކުރާ ގޮތުން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި 16 އިންޗީގެ އުސްމިނަށް ވާރޭ ވެހޭނެއެވެ.

ޖަޕާނަށް ތޫފާން އަރާފައި ވާ އިރު، ކޯޜަކުން ފެންގަނޑު ދެމެމުން އަންނަނީ ---

ތޫފާނު އަރާތީ 9 މިނިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ދިޔުމަށް ކަމާބެހޭ އިދާރާތަކުން އަންގާފައި ވީ ނަމަވެސް އެންމެނަށް ގެދޮރު ދޫކޮށް ދެވޭ ވަރެއް ނުވިއެވެ. މިހާތަނަށް މަރުވި ދެމީހުންގެ ތެރެއިން އެކަކު މަރުވީ، ދުއްވަމުން ދިޔަ ކާރާ އެކު ގަނބައިގަނެގެންނެވެ. ދެވަނަ މީހާ މަރުވީ، ފަރުބަދަ މަތިން ފައިގަން ކިސަޑުގަނޑުގައި ތާށިވެ ސަލާމަތް ނުވެވި ފޮރުވުމުންނެވެ. އަދި 3 ވަނަ މީހަކު ގެއްލިގެން ހޯދަމުން ދާ ކަމަށްވެސް އިދާރާތަކުން ބުނެއެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް ވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. ބިމުއަޑީގެ ބައެއް މަގުތަކުގެ ހިދުމަތްތަކާއި ބްލެޓެ ޓްރެއިން އާއި، ފެރީތަކާއި އެތައް ސަތޭކަ ފްލައިޓެއްވެސް ވަނީ ކެންސަލް ކޮށްފައެވެ. މީގެ އިތުރުން ފިހާރަތަކާއި އެތައް އޮފީހެއްވެސް ވަނީ ބަންދު ކޮށްފައެވެ.

ޖަޕާނަށް ތޫފާން އަރާފައި ވާ އިރު، ބޮޑު ސަރަަހައްދެއްގައި ފެންބޮދުވެފައި ---

މޫސުމީ ނުރައްކާ ވަޒަން ކުރާ މިންގަނޑުން ޖަޕާނަށް އެރި ތޫޕާނަކީ ކެޓަރީ 4 އެއްގައި މިން ކުރާ ތޫފާނަކަށް ވާއިރު، ތޫފާން ދަތުރުކުރަމުން ދަނީ އިރަށް ކަމަށާއި، ތޫފާން ކަނޑަށް ފައިބައިގެން ދިޔުމުގެ ކުރިން އެ ބިތުގައި އޮންނަ ހޮންޝޫ އަށް އަރާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އަދި މާދަމާގެ ވަގުތެއްގައި ތޫފާން ކަނޑަށް ފައިބާނެ ކަމަށްވެސް އެ އިދާރާއިން ލަފާ ކުރެއެވެ.

ސައިންސްވެރިން ބުނާ ގޮތުން، އެޓްލާންޓިކާއި، ކެރީބިއަންގެ ކަނޑުތައް ހޫނު ވުމަކީ މިހާރު ކުރިމަތިވަމުން އަންނަ މޫސުމީ ކާރިސާތައް ނުވަތަ މޫސުމީ ބަދަލުތަކުގެ އެއް ސަބަބަށް ވެދާނެއެވެ. އަދި މިއަހަރު ވާނީ ތޫފާނުތައް ގިނަ އަހަރަކަށް ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.