މިއަދު އަލިފާނުގެ ހާދިސާ ހިނގީ ކޭބަލްތަކަކާއި ސާކެޓް ބޯޑެއްގައި ރޯވެގެން ހިނގި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ގ. ޒަމާނީ މަންޒިލްގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލާފައިވާއިރު އެ ހާދިސާގެ ރިޕޯޓް ކުރި މިއަދު މެންދުރުފަހު 14:45 ހާއިރު ކަމަށެވެ. އަދި ފަޔަމަނުން ގޮސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ މެންދުރުފަހު 15:13 ހާއިރު ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ އެ އިމާރާތުގެ 4 ވަނަ ފަންގިފިލާއިން 3 ވަނަ ފަންގިފިލާއަށް ގުޅާފައިހުރި އިލެކްޓްރިކް ކޭބަލްތަކަކާއި އެ ކޭބަލްތައް ގުޅާފައި ހުރި އިލެކްޓްރިކް ސާކެޓް ބޯޑެއްގައި ރޯވެގެން ހިނގި ކަމަށް ބެލެވޭ ކަމަށެވެ.

އެ އަލިފާނުގެ ހާދިސާގައި އެ ކޭބަލްތަކާއި އިލެކްޓްރިކް ސާކެޓް ބޯޑަށާއި އަދި އިމާރާތަށް އެކިވަރުގެ ގެއްލުންވުން ފިޔަވައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.