ތިން ފުލުހަކަށް މަޖީދީމަގު ޔޫރޯ ސްޓޯރު ކުރިމަތިން ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާ ގޮތަށް މުންދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ތިން ފުލުހުހަކަށއ ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހުން މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާ ގޮތަށް މިއަދު މުއްދަތު ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އިއްޔެ ތިން ފުލުހަކަށް ހަމާލާ ދީފައި ވަނީ ހެނދުނު 11:50 ހާއިރުއެވެ. ހަމަލާ ދީފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ނިސްބަތްވާ ތިން ފުލުހަކަށެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެކެވެ.

ތިން ފުލުހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ އިރު، އޭޑީކޭ ހޮސްޕިޓަލްގައި ތިން ފުލުހުންނަށް ފަރުވާ ދެމުންދާ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެ ފުުހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.