ރާއްޖޭގައި ވެސް ކުޑަކުދިންގެ މެދުގައި މަގުބޫލު ޕެޕާޕިގް ކާޓޫން ޝޯވްގައި އެއްޖިންސުގެ ދެމަފިރިން ދައްކުވައިދޭ ކެރެކްޓާއެއް ހިމެނި މައްސަލަ ބޮޑުވެ، އެ ކާޓޫނު މަނާ ކުރަން ގޮވަން ފަށައިފިއެވެ.
މިކަން ފެންމަތިވެ، އެ ޝޯ މަނާކުރަން ގޮވާލީ، މިހާރުވެސް އެއްޖިންސުން ކައިވެނި ކުރުމާއި އެލްޖީބީޓީ އަށް ހުއްދަ އޮންނަ އިޓަލީވިލާތުގެ ސިޔާސީ ލީޑަރެކެވެ.
އިޓަލީވިލާތުގެ ބްރަދާސް އޮފް އިޓަލީ ޕާޓީގެ އިސް ލީޑަރު އެކަމަށް ގޮވާލައި ބުނެފައި ވަނީ، އެއްޖިންސުގެ ގުޅުން ޕްރޮމޯޓު ކުރުން، ބަލައި ނުގަނެވޭނެ ކަމަށާއި ކުޑަކުދިން ކުޑަކުދިންގެ ގޮތުގައި ބައިތިއްބަން ޖެހޭ ކަމަށެވެ. އަދި އެ ޝޯ ހުއްޓާލުމަށް، ޕެޕާޕިގް ގެ ބްރޯޑްކާސްޓް ރައިޓްސް އޮންނަ އެގައުމުގެ ނެޝަނަލް ޓީވީ، ރާއި އަށް ވެސް އޭނާ ވަނީ ގޮވާލާފައެވެ.
އިޓަލީގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން، ގައުމީ ޓީވީން އެ ސީރީޒް މިހާރު ހުއްޓާނުލިނަމަވެސް ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރުން އެންމެ ގާތް ޕާޓީ އަކީ ބްރަދާސް އޮފް އިޓަލީ ކަމަށް ވާއިރު، އެ ޕާޓީއަށް ވެރިކަން ލިބިއްޖެ ނަމަ އެ ސީރީޒް ހުއްޓުވާނެއެވެ.
ބްރަދާސް އޮފް އިޓަލީ އަކީ އެސްޖިންސުގެ ގުޅުން ޕްރޮމޯޓު ކުރުމާ ދެކޮޅު އަދި އެއްސިއްޖުން ކައިވެނި ކުރުމާވެސް ދެކޮޅު ފަލްސަފާއެއް ގެންގުޅޭ ޕާޓީއެކެވެ.
ޕެޕާޕިގްގައި އެއްޖިންސުގެ ދެމަފިރިން ހިމެނޭ ކަރެކްޓާ ފެންނަ އެޕިސޯޑް މިދިޔަ އަންގާރަ ދުވަހު އިނގިރޭސިވިލާތުގައި އާންމުކޮށް ދައްކައިފިއެވެ. މިއީ 18 އަހަރު ވީ ދިގު ޕެޕާޕިގްގެ މާޒީގައި މިފަދަ ކެރެކްޓާއެއް ދެއްކި ފުރަތަމަ ފަހަރެވެ.
ރާއްޖޭގައިވެސް ޕެޕާޕިގް އަކީ ނެޓްފްލިކްސް ގައި އާންމުކޮށް ފެންނަން ހުންނަ ސީރީޒެކެވެ. ނެޓްފްލިކްސްގައި މިފަހުން އެއްޖިންސުގެ ކެރެކްޓާ ފެންނަ ގިނަ ސީރީޒްތައް އާންމުކޮށްފައި ވާއިރު، ރާއްޖޭގެ ބްރޯޑްކޮމް އިން ވެސް އަދި އެހެން އިދާރާއަކުންވެސް އެފަދަ ޝޯ ތައް ހުއްޓުވާ ނުވަތަ، ނުފެންނަ ގޮތް ހަދާފައެއް ނުވެއެވެ. އަދި އެފަދަ ކަންކަމާ ގުޅިގެން ފިޔަވަޅެއްވެސް އަޅާފައެއް ނުވެއެވެ.
ޕެޕާޕިގް ޝޯ އަކީ ދުނިޔޭގެ 180 ގައުމެއްގައި 28 މިލިއަން މީހުން ބަލާ ޝޯ އެކެވެ.
މިކަންކަންވެސް އެގިގެނޭ ދަރިން ބޮޑުވާންޖެހެނީ... އެކުދިންގެ އަޤީދާ ސީދާ ކުރީމާ ތިޔަ އަސޭމިރުސް އޫރަކުން ލިބޭނެ ގެއްލުމެއް ނެތް. މިއުޅެނީ ރާއްޖެތެރޭގެ %80 މީހުން ބަލާ އެއްޗެހިިވެސް ނުހުއްޓުވިގެން. ދެން ކިހިނެއް ޕެޕަރ ޕިގް ހުއްޓުވާ މަނާކުރާނީ