އިންޑިއާގައި ހަނޑޫ އުފައްދާ ރަށްތަކަށް ކުރަމުން ދާ ވިއްސާރައާ ގުޅިގެން ހަނޑޫ އުފެއްދޭ ނިސްބަތް މަދުވުމުން، ރޯ ހަނޑު އެކްސްޕޯޓު ކުރުން ހުއްޓުވައިފިއެވެ.

އެންމެ ގިނައިނ ހަނޑޫ އުފައްދާ އުއްތަރަ ޕްރަދޭޝް އާއި ބިހާރާއި، އޮޑިއްސާގެ އިތުރުން ވެސްޓް ބެންގާލްއަށް މިހާރު މީ ވިއްސާރަ މޫސުމެވެ. ކައިރިން ޖެހިގެން އޮތް ޕާކިސްތާނަށް ކުރަމުން ދާ ވިއްސާރައިގެ އަސަރު އިންޑިއާ އަދި ލަންކާއަށްވެސް ފޯރާ، ފެންބޮޑުވަމުން ދާ އިރު، އިންޑިއާގެ ހަނޑޫ އިންޑަސްޓްރީއަށްވެސް ވަނީ ވިއްސާރައާ ހެދި ލޮޅުން އަރާފައެވެ.

އިންޑިއާއިން ރޯ ހަނޑު ބޭރުކުރުން މަނާކުރި އިރު، ސާފުނުކުރާ ހަނޑޫ (ބްރައުން ރައިސް) އާއި ބާސްމަތީ ހަނޑުލުގެ ޑިއުޓީވެސް 20 ޕަސެންޓަށް ވަނީ އުފުލާފައެވެ.

އިންޑިއާއިން މި ފިޔަވަޅު އަޅާފައި ވާއިރު، ރާއްޖެއަކީވެސް އިންޑިއާއިން ހަނޑޫ އެތެރެ ކުރާ ގައުމެކެވެ. ނަމަވެސް މި ކަމާ ގުޅިގެން ދިވެހި ސަރުކާރުން އަޅާ ފިޔަވަޅެއް ނުވަތަ ހަނޑޫ ލިބުމުގައި ރާއްޖެއަށް ދައްޗެއް އޮތް ކަމެއް އަދި ސާފެއް ނުވެއެވެ.

ހަނޑޫ ދަނޑެއްގައި ހަނޑޫ ހައްދަށް ބަޔަކު ގޮވާން ކުރަނީ ---

އިންޑިއާގެ ފްޑްކޯޕަރޭޝަނުން ބުނާ ގޮތުގައި، ހަނޑުގެ އުފެއްދުންތައް ވަނީ ފާއިތުވި 5 އަހަރު ދަށަށް ނުދާވަރަށް ދަށަށް ގޮސްފައެވެ. އަދި މިވަގުތު ސްޓޮކްގައި ހުރީ 52.3 މިލިއަން ޓަނުގެ ހަނޑޫ ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން ހަނޑޫ ހެއްދޭ މިންވަރު ނުވަތަ ދަނޑުތައް 3.8 މިލިއަން ހެކްޓަރަށް ކުޑަވެފައި ވާ ކަމަށާއި އެވްރެޖްކޮށް އަހަރެއްގެ މައްޗަށް އުފެއްދޭ ހަނޑުލުގެ ނިސްބަތުން 10-12 މިލިއަން ޓަނު މަދުވެފައި ވާ ކަމަށެވެ.

އިންޑިއާައިވެސް އާންމު ކެއުމަކަށް ހަނޑޫ ބޭނުން ކުރާ އިރު، ނައަމްސޫއްޕަށް ކާންދޭންވެސް ހަނޑޫ ބޭނުން ކުރާއިރު ތަފށް ހިސާބުތަކުން ދައްކާ ގޮތުން ހުސްވި އޭޕްރީލް އިން ނިމިދިޔަ އޯގަސްޓަށް އެކްސްޕޯޓް ކުރި މިންވަރު ވަނީ، 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 4168 ޕަސެންޓް މައްޗަށް ގޮސްފައެވެ.

އިންޑިއާގެ އިދާރާތަކުން ހާމަކުރާ ގޮތުގައި، މިހިގާ ސެޕްޓެމްބަރު މަހުގެ 15 ގެ ނިލަޔަށް ހަނޑުލާއެކު ފުރާފައި ވާ ބޯޓުތަކަށް މިހާރު އޮންނަ އުސޫލުން ހުއްދަ ވަނީ ދީފައެވެ. ނަމަވެސް އެތާރީހުގެ ފަހަށް ދިމާވާ އެއްވެސް މުދަލެއް (ހަނޑޫ) ދޫނުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ސާފުކޮށްފައި ހުންނަ ރޯ ހަނޑުލަށް ދުނިޔޭގެ ބާޒާރުގައި ޑިމާންޑް ބޮޑު އިރު ހުސްވި އޭޕްރީލް އިން އޯގަސްޓަސް އެ ޑިމާންޑް ޑަބަލް ވެގެން ދިޔަ ކަމަށް އިންޑިއާއިން ބުނެއެވެ.

އިންޑިއާގެ ހަނޑޫ އެންމެ ގިނައިނ ބޭރު ކުރަނީ އެފްރިކާއަށެވެ. ދެން މެދުއިރުމަތީގެ ގައުމުތަކާއި ޔޫރަޕާއި އެމެރިކާގެ އިތުރުން އިރުމަތީ އޭޝިއާގެ ގައުމުތަކަށެވެ. މިސަރަހަހައްދުތަކަށް އަހަރެއްގެ މައްޗަށް 8 ބިލިއަން ޑޮލަރުގެ ހަނޑޫ ބޭރުކުރާ ކަމަށް ތަފާސްހިސާބުތަކުން އެނގެއެވެ.