މަޖީދީމަގުގައި މިއަދު ހެނދުނު ޔޫރޯ ސްޓޯ ކައިރިން ތިން ފުލުހަކަށް ހަމަލަދިން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، މިއަދު ހެނދުނު 11:50 ހާއިރު ދެ މީހަކު ތިން ފުލުހަކަށް ހަމަލަދީފައިވާ ކަމަށެވެ.

ތިން ފުލުހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، އޭޑީކޭ ހޮސްޕިޓަލްގައި ތިން ފުލުހުންނަށް ފަރުވާ ދެމުން ދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި އިރު ހަމަލާދިން ސަބަބު އަދި ސާފެއް ނުވެއެވެ.