އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖްތަކެއް ކުރަމުން ދާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް ފުލުހުންގެ ހިދުމަތުން އެދިއްޖެއެވެ.
ފުލުހުން ބުނީ، އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެ ފަދައިން ލިބޭ މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ނުވަނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މިފަދައިން ލިބެމުންދާ ބައެއް ސްކޭމް މެސެޖްތަކުގެ ސްރީން ޝޮޓްތަކެއް ފުލުހުންގެ ހިދުމަތުން ވަނީ ހިއްސާކޮށްފައެވެ. އެ ގޮތުން އެއް މެސެޖުގައި ބުނެފައި ވަނީ ބަދަލުވަމުންދާ ބިރުވެރި މޫސުން ބެލުމަށް، ރައްކާވެ ތިބިއްޔަ ދަތުރެއް ކަމަށެވެ. އަދި އެ މެސެޖުގެ ތިރީގައި ލިންކެއް ހިއްސާ ކޮށްފައިވެއެވެ.
ހަމައެއާއެކު ސަރުކާރު މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށް ދޭ ޔޫޓިލިޓީ ހިދުމަތްތަކަށް ބިލް ދައްކައިގެން 50 ޕަސެންޓް ޑިކްސައުންޓެއް ލިބޭނެ ކަމަށް ބުނެ ވެސް ސްކޭމް މެސެޖް ފޮނުވާ ކަމަށް ފުލުހުން ހިއްސާ ކުރި ސްކްރީން ޝޮޓްތަކުން ފނެއެވެ. އެ މެސެޖާ އެކު ވެސް ޑިސްކައުންޓް ހޯދަން ވަންނާނެ ލިންކެއް ހިއްސާކޮށްފައި ވެއެވެ.
މި ދެ ސްކްރީން ޝޮޓްއިން ވެސް ހިއްސާ ކޮށްފައިވާ ލިންކަކީ "އެލް ކްލަބް ދެލަމަމާ" ނަމަކަށް ކިޔާ ވެބްސައިޓެއް މެދުވެރިކޮށް ވަދެވޭ ލިންކްތަކެކެވެ. މި ފަދަ ލިންކް އަކުން އެކި ކަހަލަ އޮފާތައް ނުވަތަ މައުލޫމާތުތައް ލިބޭނެ ކަމަށް އެދި ފޮނުވާ ލިންކްތަކަށް ނުވަނުމަށް ސަމާލުވެގެން ތިބުމަކީ އެކި ކަހަލަ ނުރައްކާ ތަކުން ސަލާމަތް ވާނެ ކަމެކެވެ.
މީގެ ކުރިން ވެސް އެކި ކަހަލަ ސްކޭމް މެސެޖްތައް ފޮނުވާ ލިންކްތަކުން ގިނަ ބަޔަކަށް ގެއްލުންތައް ވެފައި އެބަ ހުއްޓެވެ. އެ ގޮތުން މި ފަދަ ބައެއް ލިންކްތަކަށް ވަނުމުން ފައިސާ ދެއްކުމަށް ބޭންކް އެކައުންޓް ނުވަތަ ކޭޝް ކާޑުގެ މައުލޫމާޓު ހިއްސާ ކުރުމަށް ވެސް އެދިފައި ހުރެއެވެ.