ޑޮކްޓަރީ ބޭސްވެރިކަމުގައި ވެސް ބޭނުން ކުރާ އަދި މަސްތުވުމަށްވެސް ބޭނުން ކުރާ ކޮންޓްރޯލް ޑްރަގެއް ކަމަށް ވާ އެމްޕެތަމައިންގެ ބޮޑު ޝިޕްމަންޓެއް ސައުދީ އޮފިޝަލުން އަތުލައިފިއެވެ.
ހަބަތުރައް ބުނަ ގޮތުން، އަތުލި ޝިޕްމަންޓުގައި 47 މިލިއަން ގުޅަ ފޮނުވާފައި ހުއްޓެވެ. އެތަކެތި ފޮރުވާފައި ހުރީ ކަނޑުމަގުން އެތެރެ ކުރި ގޮދަންފުށުގެ ޝިޕަމަންޓެއްގައި ކަމަށްވެސް ބުނެއެވެ.
މި މައްސަލައިގައި ސީރިއާއަށް ނިސްބަތްވާ 6 މީހަކާއި ޕާކިސްތާނަށް ނިސްބަތްވާ 2 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
ސައުދީ އޮފިޝަލުން ބުނާ ގޮތުގައި މިއީ ނާކޮޓިކްސް ނުވަތަ މަސްތުވާތަކެތި އަތުލަން މިހާތަނަށް ހިންގި އޮޕަރޭޝަން ތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މަސްތިވާތަކެތި އަތުލެވުނު ފަހަރެވެ. މިތަކެއްޗަކީ ނުވަތަ އެމްޕެތަމައިން އަކީ، މަޝްހޫރު ބޭސް ބްރޭންޑެއް ކަމުގައި ވާ ކެޕްޓަގޮން ގެ ނަމުގައި އުފައްދާ ބޭހެކެވެ. ނަމަވެސް މި ބޭސް ސްމަގްލް ކުރާ އިރު އެ ބްރޭންޑްގައި އުފައްދާފައި ހުންނަނީ އެކި ކެމިކަލްތައް މައްސުނި ކޮށްފައި ހުންނަ ގުޅައެވެ.
އެމްޕެތަމައިން އަކީ އިންސާނާގެ މައި ނާވް ސިސްޓަމްގެ ހިނގުން އަވަސްކޮށްލައި، ބައެއް ފަހަރު އިތުރު އެނާޖީ ގެނުވާ އަދި ސަމާލުކަން ބޮޑުކުރުވުމަށް ބައެއް ހާލާތްތަކުގައި ބޭސްވެރިކަމުގައި ބޭނުން ކުރާ އަދި މަސްތު ކޮށްލައި ބާރުގަދަ ބޭހެކެވެ.
މަސތުވާ ތަކެތި ބޭހަށް ހެދީމާ....ފިސާރި ރަނގަޅު. އެއިން ވާނީ ފައިދާ އަށްވުރެ ގެއްލުން...ﷲ އެފަދަތަކެތި މަނާ ކުރެއްވީމާ އެބޭހަށް ހަދާ ހުއްދަކުރަން ނުއުޅުއްވާ...ނުކިޔަވާ ނޫސްވެރިކަމަށް ކުފޫ ހަމަވާނެ އެއްގޮތެއް ނޯންނާނެ.