މަސް މާރުކޭޓުން ވައްކަން ކުރި ވަގަކަށް އަނިޔާކޮށް އޭނާ މޫދަށް ވައްޓާލައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މަސް މާރުކޭޓުން ވައްކަން ކުރި ވަގަކު ހިފަހައްޓައި، އާންމުންގެ ގިނަ ބަޔަކު އޭނާ އަށް އަނިޔާ ކުރިއެވެ.
މަސް މާރުކޭޓުގެ ތެރޭގައި އަނިޔާ ކުރުމަށް ފަހު، އަދި މަގުމައްޗަށް ނެރެ އަނިޔާ ކުރުމަށް ފަހު، އޭނާ ވަނީ މޫދަށް ވައްޓާލާފައެވެ.
އޭގެ ފަހުން ދެ ފުލުހަކު ގޮސް ވައްކަން ކުރި މީހާ އާ ސަުވާލުކުރާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ.
އެ މައްސަލައިގައި އޭނާ ހައްޔަރުކުރި ކަމެއް އަދި ނޫން ކަމެއް ސާފެއްނޫނެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ, މަސް މާރުކޭޓު ސަރަހައްދުގައި މީހަކަށް އަނިޔާކުރި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި, މައްސަލަ ބަލަމުންދާ ކަމަށެވެ.