މާރާމާރީގެ މައްސަލައަކާ ގުޅިގެން މިއަދު މާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ.

މިއަދު މާލޭގައި ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ދާ ކަމަށް ބުނެ މައުލޫމާތު ފަތުރަމުން އެބަދެއެވެ. އެކަމާ ގުޅިގެން ފުލުހުންނާ 'ދަ ޕްރެސް' އިން ސުވާލު ކުރުމުން ބުނީ މާލޭގައި އެފަދަ އޮޕަރޭޝަންއެއް ކުރިއަށް ނުގެންދާ ކަމަށެވެ. އެހެން ނަމަވެސް މާރާމާރީގެ މައްސަލައަކާ ގުޅިގެން މިއަދު ވަނީ މީހަކު ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

މީހަކު ހައްޔަރު ކުރި ނަމަވެސް އެއީ ކޮން މާރާމާރީއަކާ ގުޅިގެން ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މިއަދު ހައްޔަރު ކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.