ނަސްލީ ތަފާތު ކުރުންވެސް ބޮޑު، އެކަމަކު އެންމެ ބޮޑު ޑިމޮކްރަސީގައި ވެރިކަން ކުރާ ބީޖޭޕީއަށް ނިސްބަތްވާ މަޖިލީސް މެންބަރަކު ރަސޫލާއަށް ފުރައްސާރަ ކޮށްފިއެވެ.
އިންޑިއާގެ ހައިދްރައާބާދުގެ ތެލަންގަނާ ސަރަހައްދު ތަމްސީލު ކުރާ އެމްޕީ ރާޖާ ސިންގް ރަސޫލާއަށް ފުރައްސާރަ ކުރީ އާންމުންގެ ތެރޭގައި، އެ ސަރަހައްދުގައި މަގުބޫލު ކޮމީޑިއަން މުނައްވަރު ފާރޫގީ ކިޔާ މީހަކަށް މަލާމާތްކޮށް ވާހަކަ ދައްކަމުންނެވެ.
މި ރާޖާ ސިންގަކީ ދެފަހަރަށް މަޖިލީހަށް އިންތިހާބުގެ ގިނަ ބައެއްގެ ތާއީދު އޮންނަ އެމްޕީއެއްގެ އިތުރުން "ރާޖާ ބައްޔާ" އަދި "ޓައިގަރު ރާޖާ" ގެ ނަމުން މަޝްހޫރުވެފައި ވާ މީހެކެވެ. އުމުރުން 45 އަހަރުގެ މި ރާޖާއަކީ ބިރުކުޑަ އަދި ޖެހިލުން ކުޑަ މީހެއް ކަމަށާއި އޭނާ ތަމްސީލު ކުރާ ސަރަހައްދުގެ ގޮނޑި 2 ފަރަހަށް ކާމިޔާބު ކުރެވުނު ހަމައެކަނި މީހާ ކަމަށްވެސް ވެއެވެ.
އޭނާ ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި ހައިދްރައާބާދުގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު ހަމަނުޖެހުން އުފެދި މަސްރަހު ހޫނުވެގެން ދިޔުމާއެކު، ފުލުހުން ވަނީ ރާޖާ ސިންގް ހައްޔަރުކޮށްފައެވެ. އެއާއެކު އޭނާ ބުނެފައިވަނީ ކޮމީޑިއަންއަށް ރައްދު ދީ ވާހަކަ ދެއްކި އިރު އޭނާ "ރަސޫލާ" އެބަސް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ރައްދު ދިނީ މުނައްވަރަށް ކަމަށެވެ.
މި މައްސަލައިގައި ރާޖާ، ރައްދު ދިން ފާރޫގީ އަކީވެސް ހިންދޫގެ ބައެއް ގަބޫލުކުރުން ތަކަށް ޖޯކު ޖެހިކަމުގެ ކުށުގައި 2021 ވަނަ އަހަރު ހައްޔަރު ކުރި މީހެކެވެ.
އިންޑިއާގައި ހިންދޫންނެކޭ އެއްގޮތަށް މުސްލިމުންނަކީ އަދަދުގެ ގޮތުން މަދު ބަޔަކަށް ވި ނަމަވެސް، ދީނީ ކަންކަމުގައި ހިންދޫންނާ ދެމެދު ދޭތެރެ ދޭތެރެއިން ކުރިމަތިލާ ބައެކެވެ. މިއަދު ހައިދްރައާބާދުގައި ހިނގައިގެން އުޅޭ މި ހަމަނުޖެހުމުގައި ހައްޔަރު ކުރި ރާޖާގެ މައްޗަށް 75 މައްސަލައެއް އާންމުން ވަނީ ފުލުހަށް ހުށަހަޅާފައެވެ.
މި ރާޖާ ބުނާ ގޮތުން ހައިދްރައާބާދަކީ އޭނާގެ ހޫރު ކާފައިން އާބާދުވެ، ބުދުހަދާ ބުދު ވިއްކުމުގައި އުޅުނު ޝަހަރެވެ. އަދި އެ ވިޔަފާރި ދަރިފަސްކޮޅަށް ދެމިގެން އައިސްފައިވާކަމަށާއި އޭނާވެސް ހުރީ އެ އަގީދާގެ މަތީގައި ކަމުން، ގެރި ކަތިލުމާއި ދެކޮޅު ހެދުމުގެ އިތުރުން މުސްލިމުންނާއި ހިންދޫންގެ ބޮޑު ލޭ އޮހުރުމުމަކާ ގުޅިފައި އޮތް ތާރީހެއް އޮތް އަޔޯދާގެ ރާމް ފައްޅި ދިފާއުކުރުމުގައި ދެމިހުންނާނެ ކަމަށެވެ.
މުސްލިމުންނާ ދެކޮޅަށް ހަރުކަށިކަން ގެންގުޅޭ ބީޖޭޕީއަށް ނިސްބަތްވާ އެހެން ބައެއް މެންބަރުންހެން މި ރާޖާ އަކީ އިންޑިއާއިން މުސްލިމުން ބޭރުކުރުމަށްވެސް ވަކާލާތު ކުރާ ހަރުކަށިފިކުރުގެ މީހެއްވެސް މެއެވެ.
އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި މި ފަހުން ބީޖޭޕީގެ ތަރުޖަމާން ނުޕޫރު ޝަރުމާ ސަސްޕެންޑް ކޮށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލް ޕާޓީން ވަނީ ކަނޑާވެސްލާފައެވެ.