ނެޓްފްލިކްގެ މަގްބޫލު ސީރީޒް "ނެވާ ހޭވް އައި އެވާ" ގެ ތަރި ޕެކްސްޓަން ހޯލް ޔަޝީޑާގެ އަސްލު އުމުރަކީ 31 އަހަރޭ ބުނުމުން ގިނަ ބަޔަކު ހައިރާންވާނެއެވެ. ސަބަބަކީ އެ ސީރީޒްގައި އޭނާ ޓީނޭޖެއްގެ ރޯލު އެހާ ފުރިހަމަކޮށް ކުޅެފައިވާތީއެވެ.

މި ލިޔުމުގައި މި ބަލާލަނީ ޕެކްސްޓަން ގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކަކަށެވެ.

ޕެކްސްޓަން ހޯލް ޔަޝީޑާ ގެ އަސްލު ނަމަކީ ޑެރެން ޗާލްސް ބާނެޓްއެވެ. އޭނާ އަކީ ހޮލީވުޑްގެ އެކްޓަރެކެވެ. "ނެވާ ހޭވް އައި އެވާ" އިން މަގްބޫލުވި ޕެކްސްޓަން އެ ސީރީޒްގައި އޭނާގެ ލަވް ލައިފް އެހާ ކާމިޔާބެއް ނޫނެވެ. ނަމަވެސް އަސްލު ދިރިއުޅުމުގައި އޭނާގެ ލަވް ލައިފް ވަރަށް ފުރިހަމައެވެ.

އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ވަރަށް ސިއްރުކޮށްގެން އުޅޭ ޑެރެން ގެ ލޯބިވެރިޔާ އަކީ މެކޭލާ ހޫވާ 38، އެވެ. މެކޭލާ އަކީ ޑެރެން އަށް ވުރެ ހަ އަހަރު ދޮށީ މީހެކެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު ޑެރެން ވަނީ މެކޭލާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފައެވެ. ޑެރެންގެ އުފަންދުވަހު މެކޭލާ އޭނާގެ އިންސްޓަގްރާމަށް ހިއްސާކުރި ޕޯސްޓެއްގައި ބުނީ ލޯބިވެރިޔާ އަށް ވަރަށް އުފާވެރި އުފަންދުވަހަކަށް އެދޭ ކަމަށާއި "ތިއީ އަހަރެންގެ އޭންޖަލް" ކަމަށެވެ. މި ދެމީހުންގެ ލޯބި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދޭތެރެ ދޭތެރެއިން ހިއްސާކުރާއިރު ފޭނުން ބުނަކީ ސީރީޒުން އޭނާއަށް ލޯބި ނުލިބުނަސް އަސްލު ދިރިއުޅުގައި އޭނާއަށް ލޯބި ހާސިލްވެއްޖެ ކަމަށެވެ.

ޑެރެން އަކީ ކާކު؟

ޑެރެން ޗާލްސް ބާނެޓް އުފަންވީ 1991 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު އެމެރިކާގެ ލޮސް އޭންޖަލްސް އަށެވެ. އުމުރުން އެންމެ 12 އަހަރު ފްލޯރިޑާ އަށް ދިރިއުޅުން އޭނާ ބަދަލުކުރިއިރު 2013 ވަނަ އަހަރު އޭނާ ވަނީ ޑރ. ފިލިޕްސް ހައި ސްކޫލުން ގްރެޖުއޭޓްވެފައެވެ. އޭނާ ވަނީ ބެރީ ކޮލެޖުން ބެޗެލާ އޮފް އާޓްސް ހާސިލްކޮށްފައެވެ.

އުމުރުން އެންމެ ފަސް އަހަރުގައި އެކްޓަރަކަށް ވުމުގެ ހުވަފެން އޭނާ ދެކެމުން އައިއިރު އޭނާ ބޭނުންވީ ކިޔެވުމަށްފަހު އެކްޓިން ދާއިރާއިން ކުރިއަށް ދާށެވެ. ކިޔެވުން އެއްކޮށް ނިންމާލުމަށްފަހު އޭނާގެ ދިރިއުޅުން ލޮސް އޭންޖަލަސް ބަދަލުކުރިއެވެ. ބައިކް އެޓެންޑަރަކުން އޭނާގެ މަސައްކަތް ފެއްޓިއިރު މިހާރު އޭނާ އަކީ އާންމުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ މޮޅު އެކްޓަރެކެވެ. އޭނާ ފިލްމީ މަސައްކަތުގެ ތެރެއަށް ވަނީ 2017 ވަނަ އަހަރުގައެވެ.

އޭނާ ކުޅުނު މަގްބޫލު ފިލްމުތަކުގެ ތެރޭގައި "ލަވް ހާޑް"، "މައި ޓްރޫ ފެއަރީ ޓޭލް" އަދި "އަންޓައިޓަލްޑް ހޮރޯ މޫވީ" ހިމެނެއެވެ.