އެމްޑީޕީ އުފެދުނުތާ 17 އަހަރު ވެފައި ވާ އިރު، އިންސާފު ހޯދައި ދިނުމަށާއި ހައްގުތައް ހޯދައި ދިނުމަށް ރޯކުރި ދަންމަރުގެ ހުޅުކޮޅު އެއްވެސް މެންބަރަކު ނިއްވާލައިގެން ނުވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިހާރު ސޯޝަލް ސެންޓަރުގައި ބާއްވަމުންދާ އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ބައްދަލުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އެމްޑީޕީ ހަރަކާތްތެރިވާން ފެށީތާ 17 އަހަރު ވެފައި ވާ އިރު، މިއަދު މިތިބީ އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ބައްދަލުވުމުގައި ކަމަށެވެ. އެމްޑީޕީ އުފެދުނީއްސުރެ ކޮށްފައިވާ މަސައްކަތްތަކުގެ އަގު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ޑިމޮކެރެޓިކް ޕާޓީއަށް ވުރެ ވަކި ބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދާދިރުވާ އާލާކޮށް ދަމަހައްޓާފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމްޑިޕީ އުފެދުމަށްފަހު ޖެހިގެން އައި ރިޔާސީ އިންތިހާބުގައި ބަދަލަކަށް އެންމެން މި ޝިއާރުގެ ދަށުން އޭރުގެ ޒުވާނުން އިސްވެ ނިކުމެ އެ ބަދަލު ގެނައީ ވަތަން އެގޮތަށް އެދޭތީ ކަަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީއަކީ ދިވެހިންނަށް އިންސާފާއި ހައްގުތައް ލިއްބައި ދިނުމަށް ރޯކުރެވުނު ޑިމޮކްރެސީގެ ދަންމަރު ކަމަށާއި ޒަމާނާއި ވަގުތު ގެނެސްދޭ އޮޔާއި ވައިގެ ސަބަބުން މި ދަންމަރު ނިވުނަ ދީގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން އެހެންވިޔަ ދިނުމަކީ އެއްވެސް އެމްޑީޕީގެ މެންބަރަކަށް ލިބިގެންވާ އިހްތިޔާރެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު އަމިއްލަ ޒަމީރާ ކުރަންވީ ސުވާލެއް އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. 17 އަހަރު ޕާޓީއަށް ވީ އިރު މިއަދު އާދެވިފައި މިހުރީ ކިހާ ހިސާބަކަށް ތޯ އާއި، ހާސިލު ކުރެވުނީ ކޮންކޮން ކަންތައްތަކެއްތޯ ބަލާލަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެމްޑީޕީން ހާސިލް ކުރި ގިން ކަންކަން ހާސިލް ކޮށްފައިވަނީ ލައްކަ އުންދަގުލާއި ދައްޗާ ތުރަލާ އެކުގައި ކަމަށް ރައިސް ވިދާޅުވިއެވެ. އަދިވެސް ބޭނުންވި އެތައް ކަމެއް ނުކުރެވި އެބަހުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގެތެރޭގައި ޕާތީގެ އެތެރޭގެ ހިންގުމުގެ ކަންކަމާއި ގައުމަށް ގެންނަް ެހޭ ހެޔޮ އެތައް ބަދަލުތަކެއް ބަ ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައިސް ސޯލިހް ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ހިސާބުން ފެށިގެން ހިންގަވަން ފެށި މަސައްކަތްތަކުގެ ތަފްސީލެއް ވެސް ދެއްވާފައެވެ. އެ ގޮތުން މާލޭއާ އި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު އެދަނީ ކުރިއަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ފޯރުކޮށް ދިނުމަށް ކުރާ މަސައްކަތްތައް ވެސް އެ ދަނީ ބާރަށް ކުރިއަށް ކަމަށް ރައީސް ވިދާޅުވިއެވެ. ހިލޭ ޑިގްރީއަށް ކިޔެވޭ ގޮތް މަގުފަހި ކޮށްދީފައިވާ އިރު އެ ފުރުސަތުގައި ހިފި 14000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ ނިންމާ ކަމަށް ރައީސް ވިދާޅުވިއެވެ. އަތޮޅުތެރެއަށް ހާއްސަކޮށް ގާއިމްކުރަމުންދާ ޓާޝަރީ ފަސް ހޮސްޕިޓަލްގެ މަސައްކަތް ވެސް އެދަނީ ފުރިހަމަ ވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
އިލްމު ވެރިން ނަށް އަނިޔާ