ކޮންމެ އިންސާނަކީ ވެސް ދުނިޔޭގައި ދިގު މުއްދަތަކަށް ދިރިއުޅެން ބޭނުންވާނެ މީހެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާނެ މީހެކެވެ. އެކަމު ސުވާލަކީ އެއްވެސް ވަރަކަށް މަސައްކަތެއް ނުކޮށް އެމީހާގެ އުމުރު ދިގު ވާނެ ހެއްޔެވެ؟

ބެލްޖިއަމްގެ ޑީމޮގްރަފާ މައިކަލް ޕޮލައިން ހެދި ދިރާސާއ އިން ހާމަ ވަނީ 1880 އާއި 1890 އާއި ދެމެދު ދުނިޔެއަށް އުފަންވެފައި ތިބި ގިނަ މީހުންނަކީ އެމީހުންގެ ދިރިއުޅުން 100 އަހަރު ފުރިހަމަކޮށްފައިވާ މީހުން ކަމަށެވެ. ޑަކްޓަރުންނާއި ސައިންސްޓިސްޓުން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި އުމުރު ދިގުވާން ބޭނުންނަމަ އަހަރެމެންގެ ދިރިއުޅުމަށް ކޮންމެވެސް ކަހަލަ ބަދަލުތަކެއް ގެންނަންޖެހެއެވެ.

ދުވާލަކު އެއްފަހަރު ނަމަވެސް ކަސްރަތު ކުރުމަކީ އުމުރު ދިގުވާކަމަކެވެ. އަހަރެމެންގެ ބިޒީ ޝެޑިއުލުން 30 މިނެޓު ނަމަވެސް ކަސްރަތަށް ވަގުތު ހުސްކުރަން އާދަކުރާށެވެ. ދިރިހުރުމަށް ކުރާ އުންމީދު އިތުރުކޮށް ދުވަސް އެއްކޮށް ރާވާލައިގެން ކަންތައްކުރުމަކީ ވެސް އުމުރު ދިގުވާ ކަމެކެވެ. ހާއްސަކޮށް މި ޒަމާނުގައި ބިޒީ ޝެޑިއުލްގެ ސަބަބުން އަހަރެމެން އެންމެން ވަރަށް ސްޓްރެސްވެއެވެ. ނަމަވެސް ސްޓްރެސް ވުމަކީ އުމުރު ދިގުވާން ބޭނުންވާ މީހުންނަށް ހުރި ގެއްލުމެކެވެ. ސްޓްރެސް ވާނަމަ ކުރަން ހުރި ކަމެއް މެދުކަނޑާލާފައި ޝައުގުވެރި އެހެން ކަމެއް ކޮށްލާށެވެ. ވަޒީފާގެ މާހައުލުން ކުޑަ ބްރޭކެއް ނަގާލައި އާއިލާ އާއެކު ޗުއްޓީ ހޭދަކޮށްލާށެވެ.

ބަނޑުފުރިގެން ނުކެވޭވަރުވާއިރު ވެސް ބައެއް މީހުން ކައެވެ. ނަމަވެސް އެއީ ސިއްހަތަށް ނުހަނު ގެއްލުން ހުރި ކަމެކެވެ. 80 އިންސަންތަ ފުރިއްޖެ ނަމަ ކެއުނ މެދުކަނޑާލަން އާދަކުރަންޖެހޭނެއެވެ. ހަމައެއާއެކު ސޯޝަލައިޒް ވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެމީހެއްގެ ބިރާ ކުރިމަތިލާނެ ގޮތް ދަސްކޮށް އާންމުންގެ ތެރޭގައި ވެސް އުޅެން ދަސްކުރާށެވެ.

މި ކަންތައްތައް ކޮށްގެން ތިމާގެ އުމުރު ދިގުކޮށްލެވިދާނެއެވެ.